ދުނިޔޭގެ އުމުރުން 30 އަހަރުން ދަށުގެ އާބާދީގެ 90 އިންސައްތަ މީހުން އިސްރާއީލާ ދެކޮޅު ކަމަށް މީޑިއާގައި މަސައްކަތް ކުރާ މުހިންމު ފަރާތަކުން ބުނެފިއެވެ. މި ވާހަކަ ހާމކޮށްފައި ވަނީ ފޮކްސް ނިއުސްގެ ކުރީގެ ނޫސްވެރިޔާ މޭގިން ކެލީ އެވެ. އޭނާއަކީ 2017އާ ހަމައަށް ފޮކްސްގައި މަސައްކަތް ކުރި ނޫސްވެރިއެކެވެ.
މި ވާހަކަ ހާމަވެފައި ވަނީ ޔަހޫދީން ފަލަސްޠީނުގައި ނައްލު ނައްތާލުމަށް ހޮލޮކޯސްޓް ހިންގާ ކަމަށް ބުނެ އދގެ ތަޖުރިބާކާރުން ރިޕޯޓެއް ނެރުމާ ގުޅިގެންނެވެ. މި ރިޕޯޓުގައި ރައްޔިތުންނަށް ބޮމުގެ ހަމަލަ ދިނުމާއި ބަނޑަށް ޖެއްސުމުގެ އަމަލުތައް ފާހަގަ ކޮށްފައި ވެއެވެ.،
މި މައްސަލައިގެ ސީރިއަސްކަން އިތުރުވެފައިވަނީ ޓަރނިންގ ޕޮއިންޓް ޔޫއެސްއޭގެ ބާނީ ޗާލީ ކަރކް މަރާލުމަށް ދިން ހަމަލައާ ގުޅިގެން އުފެދޭ ސުއާލު ތަކާއެކު ގައެވެ.ކުރިން ކަރކް އަކީ އިސްރާއީލުގެ ވަފާތެރި ބަދަހި އެކުވެރިއެއްގެ ގޮތުގައި ބެލެވުނު މީހެކެވެ. ނަމަވެސް، ފަހުން ހާމަވި މަޢުލޫމާތުތަކުން އެނގެނީ އޭނާ ވަނީ ނަތަންޔާހޫގެ ނަސްލު ނައްތާލުމަށް ފާޑު ކިޔާފައެވެ.






