އީރާނުގެ ޗަބަހާރު ބަނދަރަކީ އިންޑިއާއިން ތަރައްގީ ކުރަމުންދާ ބަނދަރެކެވެ. މިއީ ރަޝިޔާ މުދާ އެއްގަމު މަގުން އަވަސް ގޮތަކަށް އިންޑިއާއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ބައިޑެން ގެ ސަރުކާރުން ވަނީ އިންޑިއާއަށް 2018 ވަނަ އަހަރު އީރާންގެ ޗާބާރު ބަނދަރުގައި މަސައްކަތް ކުރުމަށް ހުއްދަ ދީ އީރާނަށް އަޅާފައިޥާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިސްތިސްނާއެއް ދީފައެވެ. މިއަދު އެމެރިކ ޓްރަމްޕް ރައީސް ވަނީ އިންޑިއާއާއި މޮދީއަކީ ރަހުމަތްތެރި އެއް ކަމަށް ހެދުނު ބުނެފައެވެ. ނަމަވެސް ހަވީރު ވަނީ އިންޑިއާއަށް ދަތި ކުރުމަށް ނިންމާފައެވެ. މީޑިއާއިން ދެކޭ ގޮތުގައި މިފިޔަވަޅުތަކުގެ ސަބަބުން އިންޑިއާއިން އެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތަށް ބޮޑު ހުރަހަކަށް ވެގެން ދާނެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އިސްތިސްނާތައް އުވާލުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރަން ފަށާނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ އީރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ފިއްތުންތައް މެކުހަށް ޖެހުމަށް އަޅަމުންދާ ސިޔާސީ ފިޔަވަޅުތަކުން ފިޔަވަޅެކެވެ.
އެެމރިކާއިން ކުރިން ފާސްކޮށްފައިވާ "އީރާން ފްރީޑަމް އެންޑް ކައުންޓަރ-ޕްރޮލިފަރޭޝަން އެކްޓް" (އައިއެފްސީއޭ)ގެ ދަށުން ދީފައިވާ އިސްތިސްނާގެ ސަބަބުން، އިންޑިއާ އާއި އެހެން ގައުމުތަކަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ނުލައި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. ޗާބަހާރު ބަނދަރަކީ އިންޑިއާއަށް ވަރަށް މުހިންމު ބަނދަރެކެވެ. އެއީ ޕާކިސްތާނުގެ ތެރެއިން ދަތުރު ނުކޮށް އަފްގާނިސްތާނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކާ އެކު ވިޔަފާރި ކުރެވޭނެ މަގެކެވެ.
ސެޕްޓެމްބަރު 16 ގައި ނެރުނު ބަޔާނެއްގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ މި ނިންމުމަކީ "އީރާނުގެ ސަރުކާރު އެކަހެރި ކުރުމަށް ޓަކައި ގެންގުޅޭ މެކްސިމަމް ޕްރެޝަރ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން" ނިންމި ނިންމުމެއް ކަމަށެވެ. އަދި މި އިސްތިސްނާތައް އުވާލުމަށްފަހު، ޗަބަހާރު ބަނދަރު ހިންގުމުގައި ނުވަތަ އައިއެފްސީއޭގައި ބަޔާންކޮށްފައިވާ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް އެ ގާނޫނުގެ ދަށުން އެމެރިކާއިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެމެރިކާއިން ބުނެފައި ވަނީ މިއީ އީރާނަށް ފައިސާ ވަންނަ މަގުތައް ބަންދު ކުރުމަށް އަޅާ ފިޔަވަލެއް ކަމަށެވެ.




