އެމެރިކާއިން ހަނގުރާމައަކަށް ތައްޔާރު ވަނީ ބާ؟

އެމެރިކާގެ ވެރިރަށް ވޮޝިންޓަންއިން ކުއްލިއަކަށް ފެނިގެންދިޔަ ހާދިސާއަކީ ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުން ފެތުރިގެން ދިޔަ ހާދިސާއެކެވެ. އެމެރިކާގެ ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތް، ވަނީ ކުއްލި ގޮތަކަށް ސަބަބެއް ބަޔާން ކުރުމެއް ނެތި، ސަތޭކަޔަށް ވުރެ ގިނަ ޖެނެރަލުންނާއި އެޑްމިރަލުން ޕެންޓަގަން މައި މަރުކަޒަށް ކުއްލި ބައްދަލުވުމަކަށް އެއްކުރައްވާފައެވެ. މިހައި ގިނަ އަދަދެއްގެ އަސްކަރީ ލީޑަރުން އެއް ތަނަކަށް ކުއްލިއަކަށް އެއްވުމުގެ ސަބަބުން ސިފައިންގެ އިސްވެރިންގެ ތެރޭގައި ބިރުވެރިކަމާއި އޮޅުންބޮޅުން ވަނީ އުފެދިފައެވެ.

ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގެ ބޮޑުކަމާއި ސިއްރުވެރިކަމުގެ ސަބަބުން، ސިފައިން ބުނެފައި ވަނީ ކުރިން ދުވަހަކުވެސް މިފަދަ ބައްދަލުވުމެއް ފެނިފައިނުވާ ކަމަށެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ރިޕޯޓު ކުރި އިސް ނޫސްވެރިއަކު ބުނީ، "ފާއިތުވި ތިރީސް އަހަރުގެ ތެރޭގައި މިފަދަ ކަމެއް ފެނިފައި ނުވާނެ. މިހާރުގެ މާހައުލުން ދައްކައިދެނީ އަޅުގަނޑުމެން ތިބީ ބޮޑު ނުރައްކަލަކާ ކުރިމަތިލުމެއްގައި، ނުވަތަ ހަނގުރާމައަކާ ކައިރީގައި" ކަމަށެވެ.

މި ބައްދަލުވުމުގެ ތަފްސީލެއް އަދިވެސް މީޑިއާއަށް އައިސްފައެއް ނުވެއެވެ.

 

ހިއްސާ ކުރައްވާ!