ޓްރަމްޕްގެ ސުންޕާކަމުން އެސްކަލޭޓަރު ހުއްޓުނު މައްސަލަ ބަލަނީ

ޓްރަމްޕް އދގެ މާލަށް ތަގްރީރު ކުރުމަށް ދަނިކޮށް އޭނާ އެރި އެސްކަލޭޓަރު ހުއްޓުނު މައްސަލަ ބަލަމުންދާ ކަމަށް އދގެ ސެކްރެޓަރީ ޖެނަރަލްގެ ތަރުޖަމާން ވިދާޅުވެއެވެ.

ބެލެވޭ ގޮތުގައި އެސްކަލޭޓަރު ހުއްޓުނީ ޓްރަމްޕްގެ ފޮޓޯގްރާފަރަކު އެސްކަލޭޓަރުގެ މަތީ ހަރުފަތުން ތިރިއަށް ފޭބުމުންނެވެ. އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި އެސްކަލޭޓަރުގައި ހިމެނޭ ރައްކާތެރިކަމުގެ ސިފައެކެވެ.

ޓްރަމްޕް އެރުމުން އެސްކަލޭޓަރު ހުއްޓުމާއި އޭނާ ވާހަކަ ދައްކަނިކޮށް ޓެލެޕްރޮމްޕްޓަރ ހުއްޓުމުން ޓްރަމްޕް ހުރީ ހުރި ރުޅިގަދަ ވެފައެވެ. ޓެލެޕްރޮމްޕްޓަރ ހުއްޓުނީވެސް ޓްރަމްޕްގެ ސުންޕާ ކަމުންނެވެ. އެ މެޝިން އޮޕަރޭޓް ކުރަން ހުރީވެސް ވައިޓްހައުސްގެ މުވައްޒަފެކެވެ.

ހިއްސާ ކުރައްވާ!