ޑރ. ބާސިމް ޔޫސުފް އެނބުރި މިސްރު ޓީވީއަށް

ފަލަސްޠީނު މައްސަލައަށް ތާއީދުކޮށް ވާހަކަ ދައްކާ މިސްރުގެ ކޮމޭޑިއަން ޑރ. ބާސިމް ޔޫސުފް އެނބުރި މިސްރު ޓީވީގެ ޕްރޮގްރާމަކަށް އަންނާނެ ކަމަށް ސަރުކާރު ޓީވީން އިއުލާން ކޮށްފިއެވެ.

އޭނާގެ ޕްރޮގްރާމެއް ދެއްކުމަށް ހަމަ ޖެހިފައި ވަނީ މިސްރުގެ އޯއެން ޗެނަލްގައެވެ.

މިސްރުގެ ޤާހިރާ ޔުނިވާސިޓީން މެޑުިސިން ކިޔެވުމަށްފަހު އެމެރިކާއަށް ހިޖުރަކޮށްފައިވާ ބާސިމް އަކީ މިސްރުގެ ސީސީގެ ނިޒާމަށާއި ޔަހޫދީންގެ ހޮލޮކޯސްޓަށް ފާޑު ކިޔުމަށް މަޗްހުރު މީހެކެވެ.

ބެލެވޭ ގޮތުގައި އޭނާގެ ޓީވީ ޕްރޮގްރާމުގައި ސީސިއާ ބެހުމެއް ނޯންނާނެއެވެ. އެކަމާ ގުޅިގެން މިސްރުގެ ބައެއް މީޑިއެާ ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔާފައެވެ.

ބާސިމު ބައިވެރިވާ ޕްރޮގްރާމަކީ އަހްމަދު ސާލިމް ގެނަސްދޭ "ކަލިމާ އަޚީރާ" ޕްރޮގްރާމު އެވެ.

ބާސިމް ޔޫސުފް އޭނާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހާމަކުރި ގޮތުގައި، މި ޕްރޮގްރާމް ބްރޯޑްކާސްޓް ކުރާނީ އޭނާ އެމެރިކާގައި ހުރެގެން ސެޓަލައިޓް މެދުވެރިކޮށެވެ.

މި ޕްރޮގްރާމްގައި ބާސިމް ޔޫސުފްގެ ފާއިތުވި އަހަރުތަކުގެ ދަތުރުތަކާއި، ބޭރުގެ މީޑިއާއެކު ކުރި އިންޓަވިއުތަކުގެ ފަހަތުގައި ހުރި ވާހަކަތައް ގެނަސްދޭނެ އެވެ. އަދި އޭނާއަށް މި ޕްރޮގްރާމުން 22 މިލިއަން މިސްރު ޕައުންޑް ލިބޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން، ޖޯކު ޖަހަމުން އޭނާ ބުނެފައި ވަނީ ސައްހަ އަދަދަކީ 22 މިލިއަން ޑޮލަރު ކަމަށެވެ.

ޑރ. ބާސިމް ޔޫސުފްގެ ނަމަށް ދުނިޔޭގެ ސަމާލުކަން ލިބުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޙަމާސްއިން ފެށި އަޤްޞާ ޠޫފާނާއެކު ޕިއަރސް މޯގަންއާއެކު ކުރިއަށް ގެންދިޔަ މަޝްހޫރު ބަސްދީގަތުމާ ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!