ސައިންޓޮލޮޖީ ދީން ފެތުރުމަށް މަސައްކަތް ކުރާ އެދީނުގެ އިސްފާދިރީ އަދި ހޮލިވުޑްގެ މަޝްހޫރު ތަރި ޓޮމް ކުރޫޒް (63) އުމުރުން ދެބައި ހަގު އަންހެނަކާ ކައިވެނި ކުރުމަށް ނިންމައިފިއެވެ. މި ކައިވެނި އޮންނާނީ ފަޒާގައި ކަމަށްވެސް ބުނެފައި ވެއެވެ. ކުރޫޒް ކައިވެނި ކުރުމަށް ހަމަޖެހިފައި ވަނީ އުމުރުން ސަތު ތިރީސް އަހަރުގެ އަނާ ޑި އަރްމާސްއާ އެވެ.
ތްރިލް އަދި އެޑްވެންޗަރަށް ލޯބި ކުރާ މި ދެ ތަރިން، ބޭނުން ވަނީ އެމީހުންގެ ކައިވެނިވެސް މީހުން ވާހަކަ ދައްކާފަދަ ހާދިސާއަކަށް ބަދަލުކޮށްލާށެވެ. ޓޮމް ކުރޫޒްއަކީ ޖައްވީ ދަތުރުތަކަށް ޝައުގުވެރިވާ މީހެކެވެ. އަދި އޭނާ އަބަދުވެސް ބޭނުންވަނީ އާ ކަންތައްތައް ތަޢާރަފު ކުރުމަށް ކަމަށް އޭނާއާ ގާތް ފަރާތްތަކުން ބުނެއެވެ. ޓޮމް ކުރޫޒް ވަނީ މީގެ ކުރިން 3 ކައިވެންޏެއް ކޮށްފައެވެ.






