ވިކިލީކްސްއިން ހާމަކޮށްފައިވާ ލިޔެކިޔުންތަކުން ދައްކާގޮތުގައި، އިޒްރޭލް ސަރުކާރުން އެމެރިކާގެ އިންފްލުއެންސަރުން މީސްމީޑިއާގައި ކުރާ ކޮންމެ ޕޯސްޓަކަށް 7،000 އެމެރިކާ ޑޮލަރުގެ ރިޝްވަތެއް ދޭކަން ހާމަވެއްޖެއެވެ. މިއީ ޣައްޒާގައި ހިންގާ ޔަހޫދީ ހޮލޮކޯސްޓާ ގުޅިގެން ދުނިޔޭގައި ޒަޔަނިސްޓް ޔަހޫދީންގެ ނުލަފާކަން ބޭރުވުމުން އިޒްރޭލްގެ ބުރުސޫރަ ރީތި ކުރުމަށް ކުރާ މަސައްކަތެކެވެ.
ވިކިލީކްސްއަށް ލިބިފައިވާ ލިޔެކިޔުންތަކުން ދައްކާގޮތުގައި، ސެޕްޓެމްބަރު މަހު ބްރިޖަސް ޕާޓްނަރސް އެލްއެލްސީ އިން ހަވާސް މީޑިއާ ގްރޫޕް މެދުވެރިކޮށް އިޒްރޭލް ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލެއްގައި އިންފްލުއެންސަރުންނަށް ދޭ ފައިސާގެ ތަފްސީލު ހިމަނާފައި ވެއެވެ. މީގެ ތެރޭގައި ކޮންމެ އިންފްލުއެންސަރަކަށް ކޮންސެޕްޓް ތަރައްޤީކުރުމާއި، އިޒްރޭލުގެ ޕާޓްނަރުންނާއެކު ޚިޔާލު ވިލަރެސްކުރުމާއި، ޕޯސްޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން ހިމެނެއެވެ.
900،000 އެމެރިކާ ޑޮލަރުގެ ބަޖެޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދު ޚަރަދުކޮށްފައުި ވަނ އެމެރިކާގެ 12 އިންފްލުއެންސަރުން ރެކްރޫޓްކޮށް ތަމްރީނުކުރުމަށެވެ. މީގެ އިތުރުން، އިޒްރޭލުން ޓްރަމްޕްގެ ކެމްޕޭންގެ ކުރީގެ ޑިޖިޓަލް ޑިރެކްޓަރު ބްރެޑް ޕާސްކޭލްއަށް ވެސް ކޮންމެ މަހަކު 1.5 މިލިއަން ޑޮލަރު ދެމުން ގޮސްފައިވާ ކަންވެސް ލިޔެކިޔުންތަކުން ހާމަވެއެވެ.
މި މައްސަލަ ބޭޒާރުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ޔަހޫދީ ޖެނޮސައިޑްް ދައުލަތަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ގިނަ އެކްޓިވިސްޓުން މިކަން ސިފަކޮށްފައިވަނީ އެމެރިކާގެ ޢާންމު ރައްޔިތުންގެ ސިކުނޑި ދޮވެލުމަށް ރިޝްވަތު ދިނުމަށް ކުރާ މަސައްކަތެއްގެ ގޮތުގައެވެ.
އެމެރިކާގައި ހޯދާފައިވާ ޚިޔާލު ހޯދުމެއްގައި ދައްކާގޮތުގައި، އިޒްރޭލަށް ތާއިދު ކުރާ އެމެރިކާގެ ރައްޔިތުންގެ އަދަދު ވަނީ ދަށްވާން ފަށާފައެވެ. އަދި 51 އިންސައްތަ މީހުން ވަނީ އިޒްރޭލްއަށް އިތުރު އިޤްތިޞާދީ އަދި އަސްކަރީ އެހީ ފޯރުކޮށްދިނުމާ ދެކޮޅު ހަދާފައެވެ. އަދި 30 އަހަރުން ދަށުގެ 68 އިންސައްތަ މީހުން ވަނީ ޔަހޫދީ ދައުލަތަށް އިތުރު އެހީ ދިނުމަށް ދެކޮޅު ހަދާފައެވެ.





