ޖެންޒީ މުޒާހަރާތަކާ ގުޅިގެން މޮރޮކޯ ސަރުކާރު ސައިޒް ވެއްޖެ

މޮރޮކޯގެ ގިނަ ސަރަހައްދުތަކެއްގައި ޖެން ޒީން މުޒާހަރާ ކުރަން ފެށުމުން އެ ގައުމުގެ ބޮޑުވަޒީރު އަޒީޒް އަހްނޫޝް ޖެން ޒީއާއެކު މަޝްވަރާއަށް ދީލާލައިފިއެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ އިޖުތިމާއީ މައްސަލަތަކަށް ހައްލު ހޯދުމަށް އޭނާގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ގައުމާ މުޚާތަބު ކޮށް ބޮޑުވަޒީރު ދެއްވި ތަގުރީރެއްގައި ވިދާޅުވީ، ގިނަ ސަރަހައްދުތަކެއްގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތަކުގައި ތިން މީހަކު މަރުވެފައިވާކަން ފާހަގަކުރައްވާ ކަމަށެވެ. އަދި މި ހާދިސާތަކުގައި ސަލާމަތީ ބާރުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އަނިޔާވެފައިވާ ކަންވެސް ފާހަގަ ކުރައްވާފައި ކަމަށެވެ.

އަހުނޫޝް ވަނީ މީގެ ކުރިން ޖެން ޒީއާއެކު ވާހަކަ ދެއްކެވުމަށް ދެކޮޅު ހައްދަވާފައެވެ. އޭނާ ގައުމާ މުޚާތަބު ކުރތެއްވުމުގެ ކުރިން ރަބާޠުގައި ޖަސްޓިސް މިނިސްޓްރީގެ އިމާތުގައި ރޯކޮށްފައި ވެއެވެ. މި މުޒާހަރާތައް އިންތިޒާމު ކުރަނީ "ޖެނެރޭޝަން ޒީ 212″ ގެ ނަމުގައި މަސައްކަތްކުރާ ޒުވާނުންގެ ހަރަކާތަކުންނެވެ. އެމީހުން ވަނީ އިތުރު ސުލްހަވެރި މުޒާހަރާތަކަކަށް ވެސް ގޮވާލާފައެވެ. މުޒާހަރާވެރިން އެދެމުން ދަނީ އާންމު ހިދުމަތްތައް ރަނގަޅުކޮށްދިނުމަށާއިއިންސާފު ގާއިމް ކޮށްދިނުމަށެވެ. މީގެ ކުރިން ޖެން ޒިއާ ފުލުހުންނާ ދެމެދު ހިނގި އަނިޔާވެރި ކަމުގައި ސަލާމަތީ ބާރުތަކުން ވަޒަން ޖަހައިގެން ދެ ޒުވާނަކު މަރުވެފައި ވެއެވެ.

ޖެން ޒީ އިން މުޒާހަރާއަށް މީހުންނަށް ގޮވަމުން ދަނީ މީސްމީޑިއާގެ "ޑިސްކޯޑް" މެދުވެރިކޮށެވެ. މުޒާހަރާ ކުރާ ފަރާތްތަކަށް ނަސޭހަތްތެރި ވަމުން "ޖެނެރޭޝަން ޒީ 212″ އިން ވަނީ ސުލްހަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި އެ ހަރަކާތުން އެދެނީ "އިންސާނީ ކަރާމާތާ އެކަށީގެންވާ ގޮތަށް ތަފާތުކުރުމެއް ނެތް ތައުލީމީ ނިޒާމެއް ގާއިމް ކޮށްދިނުމަށާއި އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި އާސަންދައާއި ސިއްހީ ޚިދުމަތް ހަމަޖައްސައި ދިނުމަށެވެ.

ފުލުހުން ވަނީ މިއީ ހުއްދަ ނެތި ބާއްވާ މުޒާހަރާތަކެއް ކަމަށް ބުނެ މި މުޒާހަރާތައް ހުއްޓުވުމަށް މަސައްކަތްކޮށް ފައެވެ. އަދި މުޒާހަރާތަކާ ގުޅިގެން ރަބާތް، ކަސަބްލަންކާ، މަރާކަޝް، އަގާދީރު، އުޖްދާ އަދި ޠަންޖާ ފަދަ ސިޓީތަކުގައި އެތައް ސަތޭކައިން މީހުން ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މުޒާހަރާތައް މަޑުޖެހިފައެއް ނުވެއެވެ. އަދި އިތުރު ސަރަހައްދުތަކަށް މުޒާހަރާތައް ފެތުރިފައި ވެއެވެ.

ހިއްސާ ކުރައްވާ!