މަކަރު ހަދައިގެން އަސްކަރީ ޚިދުމަތުން ފިލައިގެން އުޅޭ މީހެއް

އެމެރިކާގެ ރައީސް ޓްރަމްޕަކީ މަކަރު ހަދައިގެން އޮޅުވާލައިގެން އަސްކަރީ ކިދުމަތުން ފިލައިގެން އުޅޭ މީހެއްކަން ހާމަވެއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ ޓްރަމްޕަށް އޮޅުވާލައިގެން މެޑިކަލް ސެޓްފިކެޓް ދިން ޑޮކްޓަރުގެ ދެ އަންހެން ކުދިންނެވެ.

ޓްރަމްޕް ވަނީ ކުޑަހުޅު ދުޅަވެފައި ރިއްސުމެއް ހުންނަ ކަމަށް ބުނެ ވިއެޓްނާމް ހަނގުރާމައަށް ފިލައިފައެވެ.

އޭނާއަށް މެޑިކަލް ސެޓްފިކެޓް ހަދައިދިން ޑޮކްޓަރު ލެރީ ބްރާއުންސްޓެއިންގެ ދެކުދިން ނިއުޔޯކް ޓައިމްސްއަށް ކިޔައިދިން ގޮތުގައި މިކަން ކޮށްފައި ވަނީ ޓްރަމްޕްގެ ބައްޕަގެ އެދުމުގެ މަތިންނެވެ. ޓްރަމްޕްގެ ބައްޕައަކީ ނިއުޔޯކްގައި އިމާރާތްތައް ކުއްޔަށް ދީ އުޅުނު މީހެކެވެ. ބްރާއުންސްޓެއިން ކްލިނިކް ހިންގަމުން ދިޔައީވެސް ބައްޕަ ޓްރަމްޕް އަތުން ކުއްޔަށް ހިފާފައިވާ ތަނެއްގައެވެ.

އެ ދެ އަންހެން ކުދިން ބުނެފައި ވަނީ އެމީހުންގެ ބައްޕަ ވަރަށް ގިނައިން މި ވާހަކަ އާއިލާ އާއި ރައްޓެހިންނަށް ކިޔައި ދިން ކަމަށެވެ. އަދި އެއީ "އާއިލީ ތާރީހު" ގެ ބައެއްގެ ގޮތުގައި ކިޔައިދޭ ކަމަށެވެ.

 

ހިއްސާ ކުރައްވާ!