އިންޑިއާގެ އެންމެ އިސް ޓޭންކު އުފައްދާ ކުންފުނި، އާމަޑް ވެހިކަލްސް ނިގަމް ލިމިޓެޑް (އޭވޭނީ) އިން އެފްރިކާ، ހުޅަނގު އޭޝިއާ، މެދުތެރޭ އޭޝިއާ އަދި ދެކުނު އޭޝިއާގެ މާކެޓްތަކަށް ނުކުތުމަށް ޗެނަލް ޕާޓްނަރުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އިންޑިއާ ސަރުކާރުން ދިފާއީ ސާމާނު އެކްސްޕޯޓް ކުރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޅާ ފިޔަވަޅެކެވެ.
އަރްޖުން މެއިން ބެޓަލް ޓޭންކާއި ރަޝިއާގެ ޓީ-90 ޓޭންކު އުފެއްދުމަށް މަޝްހޫރު އޭވޭނީ އިން، ވަނީ ބީއެމްޕީ2 ފަދަ އާމަޑް ޕަރސަނަލް ކެރިއަރުތަކާއި، އޭގެ ސްޕެއަރ ޕާޓްސްތަކާއި އެހެނިހެން ޚިދުމަތްތައްވެސް ފޯރުކޮށްދޭން ހުށަހަޅާފައެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ މަނަވަރުތަކުގައި ބޭނުންކުރާ ބަޑިތަކާއި މަނަވަރުތަކުގައި ބޭނުންކުރާ ކަވަޗް ޕްރޮޓެކްޝަން ސިސްޓަމްތައްވެސް ތައާރަފުކޮށްފައެވެ.
މި މަސައްކަތަކީ ހަތް ކުންފުނި ހިމެނޭ އެކުވެންޏެއްގެ ދިފާއީ އެކްސްޕޯޓްތައް މިއަހަރު 3 ހާސް ކްރޯޑް ރުޕީސްއަށް އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެ ތެރެއިން ތަފާތު ބާވަތްބާވަތުގެ ވަޒަން އެކްސްޕޯޓު ކޮށްގެން މިދިޔަ އަހަރު 3 ހާސް ކްރޯޑް ރުޕީސް ހޯދާފައި ވެއެވެ.





