ނަތަންޔާހޫއާ ދިމާއަށް ޓްރަމްޕް އައުގުރާނަ ގޮވި

ފަލަސްޠީނު މިނިވަންކުރުމަށް މަސައްކަތް ކުރާ އިސްލާމީ ފިކުރުގެ ހަމާސް ޖަމާއަތުން ޓްރަމްޕްގެ އެއްފަރާތަކަށް ބުރަވެފައިޥާ ސުލްހައިގެ ޕްލޭނަށް އާނ ބަސް ބުނުމުން ޔަހޫދީ ޖައްލާދު އެކަމާ ދެކޮޅަށް ކުސްތަޅަން ފެށުމުން ޓްރަމްޕް ވަނީ އޭނާއާ ދިމާއަށް ބަވައި އައުގުރާނަ ގޮވާފައި ކަމަށް ރިޕޯޓު ކޮށްފިއެވެ. ޓްރަމްޕް ނަތަންޔާހޫއަށް ބަވަމުން ބުނެފައިވާ ކަމަށް ވަނީ :

"I don’t know why you’re always so f***ing negative. This is a win. Take it."

މި ޒ×ުވާބު ހިނގާފައި ވަނީ ފޯނު ކޯލެއްގައެވެ. 20 ނުކުތާގެ މައްޗަށް އެކުލެވޭ މި ޕްލޭންގައި ޣައްޒާ ހިސާރުކުރުން ހުއްޓާލުމަށާއި، ހަމާސް ވެރިކަމުން އެއްކިބާކުރުމަށް ވަނީ ހުށަހަޅާފައެވެ. ހަމާސްއިން މި ޕްލޭނަށް ޖަވާބު ދިން ގޮތުން އިސްރާއީލަށް ގޮތް ހުސްވީއެވެ. ޔަހުދީން ހީކުރީ ހަމާސް އިން މިއަށް ނޫނެކޭ ބުނާނެ ކަމަށެވެ. ހަމާސްއިން ބުނެފައި ވަނީ މި ކަންކަން ގަބޫލު ކުރާ ކަމަށާއި އިށީނދެ ތިބެގެން ވާހަކަ ދައްކައި ބައެއް ކަންކަން ސާފު ކޮށްލަމާ ބަހީއެވެ!

މީގެ ކުރިންވެސް އަގްސާ ޠޫފާނަށް ފަހު  އައި ހުރިހައި ހުށަހެޅުމަކަށް މަޝްވަރާކޮށް ބަދަލުތައް ހުށަހެޅި ޚަލީލުލް ހައްޔާ މިހާރުވެސް ވަނީ މިސްރުގައި މި މަޝްވަރާތައް ފަށާފައެވެ. އޭނާއަކީ ހުށަހެޅުންތައް ދިރާސާ ކުރައްވައި އެއަށް ފަށުއި އިނގިރޭސި އިބާރާތުން އިސްލާޙު ހުށަހެޅުއްވުމަށް މަޝްހޫރު ބޭފުޅެކެވެ.

މި މަޝްވަރާތަކާ ގުޅިގެން ޓްރަމްޕް ވަނީ ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާފައެވެ.

2023 އޮކްޓޯބަރުގައި ހަމާސްއިން ޔަހޫދީންގެ ހިސާރު ކުރުން ފޮޅާލައި ޔަހޫދީ ސިފައިން ގިއްގަޅުވާލި ފަހުން މިހާތަނަށް ލައްކައާ ގާތް ކުރާ އަދަދަކަށް މީހުން ޔތަހޫދީންގެ ހޮލޮކޯސްޓްގައި ޝަހީދު ކޮށްފައި ވެއެވެ.

ހިއްސާ ކުރައްވާ!