ދުނިޔޭގައި އިތުރު ވަމުންދާ ހަމަނުޖެހުންތަކުގެ އިންޒާރު ޖަޔަޝަންކަރު ދެއްވައިފި

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވާ ގޮތުގައި ދުނިޔެ ބަދަލުވަމުންދަނީ ނިކަން ބާރަށެވެ. އަދި އަބަދުވެސް މިބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއް ނޫން ކަމަށެވެ.

ޖަވާހަރުލާލް ނެހްރޫ ޔުނިވާސިޓީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ގައުމުތަކުން މިހާރު ހަތިޔާރުގެ ގޮތުގައި ބޭނުން ކުރަމުންދަނީ ވިޔަފާރިއާއި، ޓެކްނޮލޮޖީއާއި، އަދި ހަކަތައިގެ ވަސީލަތްތަކެވެ. އަދި ގައުމުތަކުގެ މެދުގައި ބައިނަލްއަގްވާމީ ކަންކަމުގައި އެއްބާރުލުން ދަނީ ފަނޑުވަމުންނެވެ. އަދި، ވާދަވެރިކަން ދަނީ ބޮޑުވަމުންނެވެ.

ޖައިޝަންކަރު ވިދާޅުވަނީ މި ހާލަތުގައި އިންޑިއާ ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި އިންޑިއާއިން އަމިއްލަ މަސްލަހަތަށް ފޯކަސް ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ ބާރުގަދަ ގިނަ ގައުމުތަކެއް ހިމެނޭ ދުނިޔޭގައި އިސް ދައުރެއް އަދާކުރަން އިންޑިއާ ތައްޔާރަށް އޮންނަން ޖެހޭ ކަމަށެވެ. އަދި ކާރިސާތަކުގައި އަވަށްޓެރި ގައުމުތަކަށް އެހީތެރިވުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާ!