ހިފާފައިވާ ފަލަސްޠީނަށް އެމެރިކާ ރައީސް ޓްރަމްޕް އާދީއްތަ ދުވަހު ޒިޔާރަތް ކުރާނެއެވެ. އޭނާ ހިފާފައިވާ ފަލަސްޠީނުގައި އިންދާފައިޥާ ޔަހޫދީންގެ ދައުލަތުގައި މަޑު ކުރާނީ އަށް ގަޑި އިރަށެވެ.
އޭނާގެ 8 ގަޑީގެ ދަތުރަށްޓަކައި ހިފާފައިޥާ ޤުދުސްގެ ކިންގް ޑޭވިޑް ހޮޓެލް ހުސް ކުރުމަށް ވަނީ އަންގާފައެވެ.
ޔަހޫދީ މީޑިއާ ބުނާ ގޮތުގައި އާދީއްތަ ދުވަހުގެ މެންދުރުފަހު 3 ޖަހާއިރު ހިފާފައިވާ ލައްދު އެއާޕޯޓު ކަމަށްވާ ބެން ގުރިއަން އެއަރޕޯޓުގެ ނަމުން ނަން ދީފައިވާ އެއާޕޯޓަށް އޭނާގެ ބޯޓު ޖައްސާނެއެވެ. އަދި އެތާގައި އޮންނަ ރަސްމިއްޔާތެއްގައި ބައިވެރިވާނެއެވެ. އެއަށް ފަހު ޔަހޫދީންގެ ގާނުނު ހަދާ މަޖިލިސް ކްނެސެޓަށް ދާނެއެވެ. އަދި ޔަހޫދީން ޖިންސީ ހަރަކާތެއްގެ ގޮތުގައި ބުރާގު ފާރުކައިރީގައި ބުދަށް އަޅުކަން ކުރާ ގޮތަށް އަޅުކަން ކުރުމަށް ޓްރަމްޕް މަސްޖިދުލްއަޤްޞާގެ ބްރާގު ފާރު ކައިރިއަށްވެސް ދާނެއެވެ. ހިފާފައިވާ ފަލަސްޠީނުން ޓްރަމްޕް ފުރައިގެން ދާނީ އާދީއްތަ ދުވަހުގެ ރޭ 11 ޖަހާއިރު އެވެ.





