އިންޑިއާގައި އަފްޣާން ފޮރިން މިނިސްޓަރު ބޭއްވި ބައްދަލުވުމަށް އަންހެނުން ނުވެއްދި

އިންޑިއާގެ ވެރިރަށް ދިއްލީގައި އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ މައުލަވީ އަމީރު ޚާން މުއްތަޤީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންހެން ނޫސްވެރިންނަށް ބައިވެރިވާން ފުރުސަތު ނުދިން މައްސަލައިގައި، އިންޑިއާ ސަރުކާރުން ވަނީ އެ ބައްދަލުވުމާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުން ބުނެފައިވަނީ މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ އާއި ޕްރިޔަންކާ ގާންދީ ވާދްރާ ވަނީ ބުނެފައިވަނީ މިއީ އިންޑިއާގެ ކުޅަދާނަ ނުސްވެރި އަންހެނުންނަށް ކުރި އިހާނެތި ކަމެއް ކަމަށެވެ. އަދި ޓްރިނަމޫލް ކޮންގްރެސްގެ އެމްޕީ މަހުއާ މޮތްރާ މި ހާދިސާ ސިފަކޮށްފައިވަނީ "ލަދުވެތި" ކަމެއްގެ ގޮތުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމަކީ އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ އެސް. ޖައިޝަންކަރާ ދެމެދު ބޭއްވި މަޝްވަރާތަކަކަށް ފަހު ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދޭ ބައްދަލުވުމެކެވެ. އަފްޣާނިސްތާނުގައި އަންހެނުންނަށް ތަޢުލީމާއި، ވަޒީފާ އަދި އާންމު ދިރިއުޅުމުގައި ބައިވެރިވުން މަނާކޮށްފައިވާތީ، ޠާލިބާނުންގެ އަންހެނުންނާމެދު ގެންގުޅޭ ސިޔާސަތުތަކާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކުށްވެރިކޮށްފައެވެ.

ހިއްސާ ކުރައްވާ!