ޓްރަމްޕަށް ކޮވިޑް ވެކްސިން ޖަހައިފި

އެމެރިކާގެ 79 އަހަރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ މެދުއިރުމަތީ ދަތުރަށް ފުރުމުގެ ކުރިން އޭނާގެ ހަކަތަ ހުރި މިންވަރު ބެލުމަށް ޓެސްޓްތަކެއް ހަދައިފިއެވެ. މި ޓެސްތްތަކުގެ ބައެއް ސިއްރުކޮށްފައި ވީނަމަވެސް އާންމު ކުރި މައުލޫމާތުން ދައްކަނީ ޓްރަމްޕްގެ ސިއްޙީ ހާލަތު ރަނގަޅު ކަމަށެވެ. މި ޓެސްޓްތައް ކުރިއަށ ްގެންދިޔައީ ވޯލްޓަރ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައެވެ.

ޓްރަމްޕާއި އޭނާގެ ސިއްހަތާ ބެހޭ ވަޒީރު ވެކްސިން ޖެހުމާ ދެކޮޅަށް ނިކަން ބާރަށް ވާހަކަ ދައްކާނެއެވެ. އެކަމަކު މެދުއިރުމައްޗަށް ދިއުމުގެ ކުރިން ޓްރަމްޕަށް ފްލޫ ވެކްސިނާއި އަޕްޑޭޓް ކުރެވިފައިވާ ކޮވިޑް-19 ބޫސްޓަރެއް ވެސް ދީފައި ވެއެވެ.

 

ހިއްސާ ކުރައްވާ!