ޗިކިއާއާއި އިންޑިއާގެ މަޝްވަރާތައް ބާއްވައިފި

އިންޑިއާ އާއި ޗިކިއާ އިން 7 ވަނަ ޖޮއިންޓް ޑިފެންސް ކޮމިޓީގެ ބައްދަލުވުން ޕްރާގް ގައި ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ސްޓްރެޓެޖިކް ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާއީ އުފެއްދުންތެރިކަމާއި، ތަމްރީނު އަދި ޓެކްނޮލޮޖީ ހިއްސާކުރުމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެފައިވެއެވެ.

ދެ ގައުމުގެ އިސް އޮފިޝަލުން މި ބައްދަލުވުމުގައި ބައިވެރިވެ، އިންޑިއާގެ 'މޭކް އިން އިންޑިއާ' އަދި 'އަތްމަނިރްބަރް ބަރަތް' އިނީޝިއޭޓިވްތަކާ އެއްގޮތަށް އުފެއްދުންތެރިކަމާއި، ދިރާސާތަކާއި، ސިނާއީ އެއްބާރުލުމަށް އިސްކަންދީފައިވެއެވެ.

މީގެ އިތުރުން، ޑިފެންސް އިންޑަސްޓްރީ ސެމިނަރެއް ވެސް ބާއްވާފައި ވެއެވެ. މި ސެމިނަރގައި އައު އީޖާދުތަކާއި ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް މަޝްވަރާ ކުުރެވުނެވެ. މި ބައްދަލުވުމަކީ ޗެކް ބޮޑު ވަޒީރު ޕެޓްރް ފިއާލާ 2024 ގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ސައިބަރ ސެކިއުރިޓީ، ސްޕޭސް ސެކިއުރިޓީ އަދި ހައިބްރިޑް ނުރައްކާތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެއްބަސްވި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވުނު ބައްދަލުވުމެކެވެ.

ހިއްސާ ކުރައްވާ!