އެމެރިކާ ސަރުކާރުގައި ބޮޑު ތަޅު އެޅުވިތާ މިހާރު ތިންވަނަ ހަފްތާއަށް ލައިގަންނަނީ އެވެ. ކޮންގްރެސްގެ ދެ ޕާޓީގެ މެމްބަރުން އެއްބަޔަކު އަނެއް ބަޔަކަށް ޒުވާބުކޮށް ހުތުރު ބަސްމަގު އިޚުތިޔާރު ކުރުން އާންމު ކަމަކަށް ވެއްޖެ ކަމަށް މީޑިއާއިން ބުނެއެވެ.
ކޮންގްރސްގެ ސްޕީކަރަށް ތުހުމަތު ކުރެވެނީ ޓްރަމްޕްގެ ދައްލާލު ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި ލިޔެކިޔުންތައް ހާމަކުރުމާ ގުޅޭ ގޮތުން ވޯޓަކަށް އަހާފާނެތީ ބަޖެޓް ފާސްކުރުމަށް ކޮންގްރެސްގެ ޖަލްސާތައް ނުބާއްވައި ދިގު ދަންމަނީ ކަމަށެވެ. އަދި ކޮންގްރެސްގެ ދެ މެމްބަރަކު ވަނީ ސްޕީކަރު މައިކް ޖޯންސަންގެ ކޮޓަރީގެ ބޭރުގައި އޭނާއާ ދިމާއަށް ހޮއްލައި އަޑުގަދަ ކޮށްފައެވެ.
Ran into Speaker Johnson and told him exactly how I feel about Republicans shutting down the government to protect pedophiles and jack up health care costs for 24 million Americans. pic.twitter.com/ReofOxFWRz
— Senator Ruben Gallego (@SenRubenGallego) October 8, 2025
އަދި އެހެން ހާދިސާއެއްގައި ޑިމޮކްރެޓިކް ޕާޓީގެ މައިނޯރިޓީ ލީޑަރު ހަކީމް ޖެފްރީސްއާއި ރިޕަބްލިކަން މެމްބަރު މައިކް ލޯލަރާ ދެމެދު ހޫނު ޒުވާބެއް ހިނގައި ފައި ވެއެވެ. މީސްމީޑިއާގައި ފެތުރިފައިވާ ވީޑިއޯގައި ޖެފްރީ ހަކީމު ވާދަވެރިޔާއާ ދިމާއަށް އަނގަމަޑުންލައިގެން ހުންނާށޭ ބުނެ ހޮއްލާ މަންޒަރު ފެނިފައި ވެއެވެ.
ރިޕަބްލިކަން މެމްބަރު ތޯމަސް މެސީ ވަނީ ދައްލާލު އެޕްސްޓެއިންގެ ކަސްބީ ވިޔަފާރީގެ ވިއުގަ ބޭޒާރުކޮށްލުމަށް ހުށަހަޅާފައިވާ ބިލަށް މިހާރު 217 މެމްބަރުންގެ ސޮއި ހޯދާފައެވެ. ޓްރަމްޕް ބައިވެރިވާ އެޕްސްޓީންގެ ކްރިމިނަލް ނެޓްވޯކާއި އޭނާއާ ގުޅުން ހުރި މަތީ ފަންތީގެ މީހުންނާ ގުޅޭ ލިޔެކިޔުންތައް ހާމަކުރުމަށް އެދޭ ބިލުގެ ވޯޓަށް 218 ސޮއި ބޭނުން ވެއެވެ. މި ސޮއި ހަމަވާނީ އަލަށް އިންތިޚާބު ވެފައިވާ މެމްބަރު ހުވައި ކުރުމުންނެވެ. މިހާރު ސަރުކާރުގައި ތަޅު އަޅުވާފައިވާތީޯ މައިކް ޖޯންސަން ވަނީ އޭނާއަށް ހުވައި ކުރުމަށްވެސް ހުރަސް އަޅާފައެވެ.
މި ބިލަށް ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީގެ ގިނަ މެމްބަރުން ތާއީދުކުރާއިރު، ޓްރަމްޕްގެ ނުފޫޒުގައި ޖެހިފައި ވަނީ ސްޕީކަރު މައިކް ޖޮންސަން އެވެ.
Another hallway confrontation between House lawmakers — Mike Lawler demanding Hakeem Jeffries sign onto a bipartisan bill temporarily extending enhanced ACA credits
“You’re embarrassing yourself,” Jeffries kept repeating pic.twitter.com/seGKlcMRiF
— Liz Elkind (@liz_elkind) October 8, 2025






