ޖެނޮސައިޑް ހިންގި އިސްރާއީލަށް ވަނީ މާލީ ގޮތުންނާއި އިންސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ޣައްޒާގ ޖެނޮސައިޑް ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އެންމެ މުހިންމު އެކުވެރި ގައުމު އެމެރިކާގެ ރައްޔިތުންނާ އެކު އޮންނަ ގުޅުމަށްވެސް ވަނީ ހީނަރުކަމެއް އައިސްފައި ކަމަށް ނިއުޔޯކް ޓައިމްސްގެ އިސްރާއީލް ބިއުރޯ ޗީފް އަދި ލިޔުންތެރިޔާ ޑޭވިޑް ހާލްފިންގާ ލިޔައެވެ.
ހާލްފިންގާ ބުނަނީ އެމެރިކާގައި އިސްރާއީލުގެ އަގު ވަނީ ވެއްޓިފައެވެ. މި ކަން ދިމާވެފައި ވަނީ ހަމައެކަނި ކޮލެޖް ކެމްޕަސްތަކާއި ކިޔަވައިގެން ތިބި މީހުންގެ މެދުގައި އެކަނި ނޫން ކަމަށާއި އެމެރިކާގެ ވޯޓުލާ މީހުންގެ މެދުގައި ވެސް ޔަހޫދީ ޒަޔަނިސްޓު ގައުމުގެ އަގު ވެއްޓިފައިވާ ކަމަށް އޭނާ ބުނެއެވެ. އޭނާ ފާހަގަ ކުރިގޮިތުގައި 1998 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ވޯޓލާމީހުންގެ މެދުގައި މިހާރު އިސްރާއީލަށް ވުރެ ބޮޑަށް ހަމްދަރުދީއެއް އުފެދިފައި ވަނީ ފަލަސްތީނުގެ ރައްޔިތުންނާ މެދުގައި ކަން ޚިޔާލު ހޯދުންތަކުން ދައްކައެވެ. (ނިއު ޔޯކު ޓައިމްސް)
މިއީ މިއަހަރުގެ 26 ސެޕްޓެމްބަރުގައި ނިއުޔޯކުގައި ޒަޔަނިސްޓުންނާ ދެކޮޅަށް ބެއްވި މުޒާހަރާގެ މަންޒަރެއް






