ޓިއުނީޝިއާ އަދި ލިބިޔާގައި ހުންނަވާ ވެނެޒުއޭލާގެ ސަފީރު ރެއިނަލްޑޯ ބޮލިވާ ވިދާޅުވެފައިވަނީ އެމެރިކާއިން ވެނެޒުއޭލާގެ ސަރަހައްދާ ކައިރިއަށް މަނަވަރުތައް ފޮނުވާފައިވާ ކަމަށާއި އަސްކަރީ ޑްްރޯނާއި ހަނގުރާމަ މަތީ މަތިންދާބޯޓުތައް އުދުއްސައި ކެރިބިއަން ކަނޑުގައި ނިއުކްލިއަރ ސަބްމެރިން ބާއްވައި ވެނެޒުއޭލާއާ ދެކޮޅަށް އަސްކަރީ އުދުވާނީ ހަމަލައެއް ދިނުމަށް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ޓިއުނީޝިއާގެ ވެރިރަށުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަފީރު ވިދާޅުވީ، އެމެރިކާއިން މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކަމަށް ބުނެ މަސައްކަތް ކުރަމުންދަނީ ވެނެޒުއޭލާގެ މުއްސަނދިކަން ފޭރިގަނެ އެގައުމު ކޮންޓްރޯލު ކޮށް އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އިނދާށެވެ.
މީގެ އިތުރުން ސަފީރު ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނުގައި ޒަޔަނސިްޓު ޖެނޮސައިޑް ފޯސްތަކުން ހިންގާފައިވާ ފަދަ ޖަރީމާތައް މިހާރު ވެނެޒުއޭލާގައި ތަކުރާރުކުރަން އުޅޭ ހެން ހީވެއެވެ. މި ބައްދަލުވުމުގައި ޓިއުނީޝިއާގެ ޕާލަމެންޓް މެންބަރުން ވަނީ އެމެރިކާގެ ބިރުދެއްކުންތަކާ ދެކޮޅަށް ވެނެޒުއޭލާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ބައިވެރިވިއެވެ.





