ޓްރަމްޕް މަޝްހޫރު ކުރާ އެއްބަސްވުމަކީ ދާއިމި ސުލްހައަށް އެއްވެސް ކަމެއް ނުހިމެނޭ އެއްބަސްވުމެއް

އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އެހޫދު އޮލްމަރޓް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުލްހައިގެ އެއްބަސްވުމެއް ކަމަށް ބުނެ ފަތުރަމުންދާ ޝަރަމުއްޝައިޚުގެ އެއްބަސްވުމަށް ފާޑުކިޔާފައެވެ. އޭނާ ބުނެ ފައިވަނީ މިއީ ސުލްހައިގެ އެއްބަސްވުމެއް ނޫން ކަމަށެވެ. އޮލްމާތު، ޓްރަމ،ްޕަށް ސާފުކޮށްދިން ގޮތުގައި ސުލައިގެ އެއްބަސްވުން އޮންނަނީ މިފަދައިންނެއް ނޫނެވެ، މިއީ ހަމައެކަނި އަދި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށް އޭނާ ޓްރަމްޕަށް ކިޔައި ދެއެވެ.

ޝަރަމުއްޝައިޚްގައި އަރަބިންނާއި މުސްލިމުން ބައިވެރިވެގެން ޔޫރަޕްގެ ގައުމުތަކާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނެނީ ޔަހޫދީންގެ ހަނގުރާމައިގެ އަސީރުން ދޫކޮށްލުމާއި، ވަގަށް ނަގާފައިވާ ފަލަސްތީނުގެ ރަހީނުން މިނިވަންކުރުމާއި، އިސްރާއީލުގެ ޖެނޮސައިޑް ސިފައިން ގައްޒާއިން މަޑުމަޑުން ބޭލުމާއި ގިނަ ގައުމުތަކުގެ ސަލާމަތީ ބާރުތައް ހިމެނޭ ލަޝްކަރެއް ގާއިމުކުރުމާއި، ހަމާސްގެ ބާރުކަނޑުވާލައި ބައިނަލްއަގުވާމީ ބެލުމުގެ ދަށުން ފަންނީ މީހުންގެ ކައުންސިލެއް ޣައްޒާ ހިންގުމަށް އެކުލަވާލުމަށެވެ.

އޮލްމަރޓް ބުނެފައި ވަނީ ޓްރަމްޕް އަޑަށް ބާރުލާފައި ސުލްހައިގެ އެއްބަސްވުމެއް ކަމަށް ބުނާ މި އެއްބަސްވުމުގައި ދެމެހެއްޓެނިވި ސުލްހައެއްގެ ބިންގަލަށް އެއްވެސް ކަމެއް ހިމަނާފައި ނެތް ކަމަށެވެ. 67،000 އަށްވުރެ ގިނަ ގައްޒާގެ ރައްޔިތުން ޖެނޮސައިޑްގައި މަރާލާފައިވާ އިރު އޮލްމާތު ގޮވާލާފައިވަނީ 1967 ގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، ހިފާފައިވާ ޤުދުސް ބަހައިގެން ދެ ބައި މީހުންގެ ދެ-ދައުލަތުގެ ހައްލަކަށް ދިއުމަށެވެ.

ހިއްސާ ކުރައްވާ!