ސަރުކާރު މުވައްޒަފުން ވަކި ކުރުން ހުޓާލުމަށް އަންގައިފި

އެމެރިކާ ސަރުކާރުގައި ބޮޑު ތަޅު އަޅުވާފައިވާ ދުވަސްވަރެއްގައި ޓްރަމްޕް ސަރުކާރުން މުވައްޒަފުންގެ ހައްގަށް އަރައިގަނެ، އެތައް ހާސް ބަޔަކު ވަޒީފާއިން ވަކި ކުރަން އުޅޭތީ ކޯޓުން އެކަން ހުއްޓުވައިފިއެވެ. ސެން ފްރެންސިސްކޯގެ ފެޑެރަލް ޖަޖު ސޫސަން އިލްސްޓަން ވަނީ އެމެރިކާ ސަރުކާރުގައި ތަޅު އަޅުވާފައިވާ މުއްދަތުގައި އެތައް ހާސް ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ޓްރަމްޕް ސަރުކާރުން ރާވާފައިވާ ރޭވުން ހުއްޓުވާފައެވެ. މި މައްސަލައިގައި ދެ ލޭބަރ ޔޫނިއަނަކުން ވަނީ، ޓްރަމްޕް ސަރުކާރު މުވައްޒަފުންގެ އަދަދު މަދުކުރުމަށް ޓަކައި ޚަރަދު ކުޑަ ކުރުން ނަހަމަގޮތުގައި ބޭނުން ކުރާ ކަމަށް ބުނެ ދަޢުވާ އުފުލާފައެވެ.

ވައިޓް ހައުސްގެ ބަޖެޓް ޑިރެކްޓަރ ރަސެލް ވޯޓް ބުނެފައި ވަނީ އެމެރިކާ ސަރުކާރުގައި ފައިސާ ނެތިގެން ސަރުކާރު ބަންދުކޮށްފައި ބަހައްޓާ ދުވަސްތައް ދިގުލައިގެން ދާނަމަ 10،000 އަށްވުރެ ގިނަ ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހިދާނެ ކަމަށެވެ. ޓްރަމްޕް ސަރުކާރުން ބުނާގޮތުގައި މިއީ މާލީގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ދެކޭގޮތުގައި މިއީ ސިޔާސީ ބޭނުމަށް ކުރާ ކަމެކެވެ.

ހިއްސާ ކުރައްވާ!