އެމެރިކާގެ ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތް ދަތުރުކުރެއްވި މަތިންދާބޯޓު، ޔޫކޭގައި ކުއްލި ގޮތަކަށް ޖައްސަން އިއްޔެ މަޖުބޫރު ވިއެވެ. ކުއްލި ގޮތަކަށް ބޯޓު ޖައްސަން ޖެހުނީ އުދުހެމުން ދަނިކޮށް މަތިންދާބޯޓުގެ ކޮކްޕިޓްގެ ބިއްލޫރި ގަނޑުގައި ކުއްލިއަކަށް ރެނދެއް ލުމުގެ ސަބަބުންނެވެ.
އެމެރިކާގެ ހަނގުރާމައާ ބެހޭ ވުޒާރާގެ ތަރުޖަމާން މަޢުލޫމާތު ދެއްވިގޮތުގައި، މި ހާދސާއަށް ފަހު ބޯޓު ވަނީ ރައްކާތެރިކަމާއެކު ތިރިކޮށް ހުރިހާ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލު ކޮށްފައެވެ. އަދި ހެގްސެތް އާއި މަތިންދާބޯޓުގައި ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ބުނެއެވެ.







