އިންޑިއާގެ އަމިއްލަ އެޑްވާންސް އަސްކަރީ މަތިންދާބޯޓު ކާމިޔާބުކަމާއެކު ޓެސްޓް ކޮށްފި

އިންޑިއާއިން އަމިއްލައަށް އުފައްދާފައިވާ ޓެޖާސް އެމްކޭ1އޭ އަސްކަރީ މަތިންދާބޯޓު ގެ ފުރަތަމަ ދަތުރުތައް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި އަސްކަރީ މަތިންދާބޯޓަކީ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް (އެޗްއޭއެލް)ގެ ނާސިކް ފެސިލިޓީން އުފައްދާފައިވާ މަތިންދާބޯޓެކެވެ. ޓެޖާސް އެމްކޭ1އޭ އަކީ އަޕްގްރޭޑް ކުރެވިފައިވާ ޓެޖާސްގެ މަތިންދާބޯޓު ސިލްސިލާގެ އަޕްގްރޭޑް ކޮށްފައިވާ ވައްތަރެކެވެ. މީގައި ޒަމާނީ ރާޑަރާއި އިލެކްޓްރޯނިކް ހަނގުރާމަިއގެ ނިޒާމުތައް ހަރުކޮށްފައި ވެއެވެ،. އަދި މިއީ ވައިގެ ތެރޭގައި ތެޔޮ އެޅުމުގެ ގާބިލުކަން ހުރި މަތިންދާބޯޓެކެވެ. ޓެޖާސް އެމްކޭ1އޭގެ %50 އަށް ވުރެ ގިނަ ތަކެއްޗަކީ އިންޑިއާއިން އުފައްދާފައިޥާ އަމިއްލަ ތަކެއްޗެވެ،

ނާސިކް ފެކްޓްރީން 2029 ވަނަ އަހަރުގެ ނިޔަލަށް 83 ޖެޓް ޑެލިވަރީ ކުރުމަށް ހަމޖެހިފައި ވެއެވެ. އިންޑިއާއިން ވަނީ ރޫސީވިލާތުގައި އުފައްދާފައިވާ މިގް21ގެ އަސދްކަރީ މަތިންދާބޯޓުތައް ރިތަޔާ ކުރުމަށްފަހު ޓެޖާސް އެމްކޭ1އޭ އުފެއްދުމަށް ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑްއާއެކު 7 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

 

ހިއްސާ ކުރައްވާ!