މިސްރުގެ ފޮރިން މިނިސްޓަރ މޮދީއާ ބައްދަލުކުރައްވައިފި

އިންޑިއާއަށް ރަސްމީ ޒިޔާރަތެއްގައި ވަޑައިގެން އުޅުއްވާ މިސުރުގެ ފޮރިން މިނިސްޓަރު ޑރ. ބަދުރު އަބްދުލްޢާޠީ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ބައްދަލު ކުރައްވާފައެވެ. ބޮޑު ވަޒީރު މޮދީ ވަނީ މި ބައްދަލު ކުރެއްވުމުގައި ޣައްޒާގެ ޖެނޮސައިޑް ހަނގުރާމަ ހުއްޓުވުމަށް މިސުރުގެ ރައީސް އަބްދުލްފައްތާހު ސީސީ ކުރެއްވި މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ.

މި ދަތުރުފުޅުގައި އިންޑިއާއާއި މިސުރުގެ ސްޓްރެޓެޖިކް ޑައިލޮގްގެ ފުރަތަމަ ބައްދަލުވުމުގެ ނަތީޖާތަކާ ބެހޭގޮތުން ޑރ. ޢަބްދުލްޢާޠީ ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ވިޔަފާރި، ޓެކްނޮލޮޖީ، ހަކަތަ، ދިފާޢީ އަދި ޘަޤާފީ ދާއިރާތަކުން ކުރިއަށް ގެންދެވުނު މަސައްކަތްތައް ބައްލަވާލެއްވުން ހިމެނެއެވެ. އަދި އަބްދުލްޢާޠީ ވަނީ ސަރަޙައްދީ ސުލްޙަ އާއި ތަރައްޤީއަށް ދެ ގައުމުން ވެސް އެއްބާރުލުން ދޭނެކަން އަލުން ކަށަވަރުކޮށްދީފައިވެއެވެ.

ޝަރަމްއްޝެއިޚްގައި ބޭއްވި ޣައްޒާގެ ޖެނޮސައިޑް ނިންމާ މަހާސިންތާއަށް ޕާކިސްތާންގެ ބޮޑު ވަޒީރު ވަޑައިގަންނަވާތީ މޯދީ ވަޑައިނުގަތް ނަމަވެސް، އިންޑިއާ އިން ވަނީ ސްޓޭޓް މިނިސްޓަރު ކީރްތީ ވަރްދަން ސިންގް ފޮނުވާފައެވެ.

 

ހިއްސާ ކުރައްވާ!