ފަލަސްޠީނަށް ސަޕޯޓުކޮށް ޖެނޮސައިޑާ ދެކޮޅު މެސެކުތައް އެއާޕޯޓް އިސްކިރީންތަކުގައި ދައްކައިފި

އެމެރިކާ އަދި ކެނެޑާގެ 4 މައި އެއަރޕޯޓެއްގެ ޕަބްލިކް އެޑްރެސް ސިސްޓަމް އަދި ފްލައިޓް އިންފޮމޭޝަން ޑިސްޕްލޭތަކަށް ޖެނޮސައިޑާ ދެކޮޅު ހަދާ ބަޔަކު ވަދެ ހެކް ކޮށްފިއެވެ. މިމީހުން ވަނީ ފަލަސްޠީނަށާއި ޣައްޒާއަށް ތާއީދުކުރާ މެސެޖުތައް އިސްކިރީނުތަކުގައި ދައްކައި ދީފައިވެއެވެ.

ޕެންސިލްވޭނިއާގެ ހެރިސްބަރގް އިންޓަރނޭޝަނަލް އެއަރޕޯޓުގައި "ސައިބާއިސްލާމް" ނަމަކަށް ކިޔާ ހެކަރަކު، "ފްރީ، ފްރީ ޕެލެސްޓައިން" ގެމ އަޑު އިއްވާފައި ވެއެވެ، އެމެރިކާގެ ރައީސް ޓްރަމްޕް އަދި ޖެނޮސައިޑް އިންޖިނިއަރު ނެތަންޔާހޫއަށް މަލާމާތް ކޮށް ޝިއާރުތައްވެސް އިއްވާފައި ވެއެވެ.

ކެނެޑާގެ ކެލޯނާ، ވިކްޓޯރިއާ، އަދި ވިންޑްސަރ އިންޓަރނޭޝަނަލް އެއަރޕޯޓުތަކުގައިވެސް މިފަދަ މަންޒަރުތަކާއި އަޑުތައް އިއްވާފައި ވެއެވެ. މީގެ ސަބަބުން މި އެއަރޕޯޓުތައް ވަގުތީގޮތުން ބަންދުކޮށް، ސެކިއުރިޓީ ވަރުގަދަ ކުރެވުނެވެ.

މި ހެކަރުންގެ ގްރޫޕަކީ ކުރިން ތުރުކީއަށާއި އިސްރާއީލުގައި ސައިބަރ ހަމަލާތައް ދިން ކަމަށް ބުނާ، އުތުރު އެމެރިކާގައި އަލަށް ފެނުނު ގްރޫޕެކެވެ. އެމީހުން ވަނީ "ދެވަނަ ސެޕްޓެމްބަރ 11 އަކަށް ތައްޔާރުވެގެންތިބީތޯ؟" އަހައި އިންޒާރުދީފައެވެ.

ހިއްސާ ކުރައްވާ!