އިންޑިއާގެ އާދާރާ އެއްފަދަ ކާޑެއް ޔޫކޭން ތައާރަފް ކުރަނީ

ޔޫކޭގެ ބޮޑުވަޒީރު ކީރ ސްޓާމަރުގެ އިންޑިއާ ދަތުރުފުޅަށްފަހު އޭނާ ވަނީ އިންޑިއާގައި ބޭނުން ކުރާ ވައްތަރުގެ އާދާރް ކާޑް ޔޫކޭގައި ތައާރަފް ކުރުމަށް ނިންމަވާފައެވެ. މި "ބްރިޓް ކާޑު" ގެ ނަމުގައި ައާރަފް ކުރާ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމް އެކުލަވާލުމުގައި އިންޑިއާގެ އާދާރު ސިސްޓަމުން މައުލޫމާތު ލިބިވަޑައިގަތް ކަމަސް ސްޓާމަރު ވިދާޅުވެފައިވެއެވެ. މުންބާއީއަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވިދާޅުވީ އާދާރު ސިސްޓަމަކީ ވަރަށް ކާމިޔާބު ނިޒާމެއްކަމަށެވެ.

އާދާރު ސިސްޓަމާ ޚިލާފަށް، ބްރިޓް ކާޑުގައި ބަޔޯމެޓްރިކް މަޢުލޫމާތު ހިމެނިގެން ނުދާނެއެވެ. މި ކާޑު އެންމެ ފުރަތަމަ ބޭނުންކުރެވޭނީ ގަވާއިދާ ޚިލާފަށް ވަޒީފާ ހޯދާ މީހުން ހުއްޓުވުމަށެވެ. އަދި ސްކޫލްތަކަށް ކުދިން ވެއްދުމާއި އާންމު ޚިދުމަތްތައް ހޯދުމުގައި ކުރިމަތިވާ ލިޔެކިޔުމުގެ ދަތިތައް ޙައްލުކުރުމަށް މި ކާޑުން މަގުފަހިވާނެކަމަށް ސްޓާމަރ ވިދާޅުވެފައިވެއެވެ.

ސްޓާމަރު ވަނީ މުމްބާއީގައި އިންޑިއާގެ އާދާރު ސިސްޓަމުގެ އާކިޓެކްޓް ނަންދަން ނީލެކަނީއާ ބައްދަލުކުރައްވައިައެވެ. އަދި، އެ ސިސްޓަމުގެ ތަޖުރިބާއާއި މައުލުމާތު ހޯއްދެވިއެވެ. ނަމަވެސް، ބްރިޓް ކާޑަށް މަދަނީ މިނިވަންކަމުގެ ޖަމާޢަތްތަކާއި ބައެއް ލޭބަރ ޕާޓީގެ މެންބަރުންގެ ފާޑުކިޔުން ލިބެމުންދެއެވެ. ސަރުކާރުގެ ފަރާތުން ބުނެފައިވަނީ މި ކާޑުގައި އެންމެންގެ ބައިވެރިވުމާއި ޑޭޓާ ރައްކާތެރިކަމަށް އިސްކަންދޭނެ ކަމަށެވެ.

އިންޑިއާގެ އާދާރަކީ ރާއްޖޭގައި އައިޑީ ކާދް ހަދައި ބޭނުން ކުރަން ފެށިތާ އެތައް އަހަރެއް ފަހުން ފެސި ނިޒާމެކެވެ. މިއީ އެންމެ ބޮޑު އާބާދީއެއް ބޭނުން ކުރާ އައިޑީ ކާޑެވެ. ރާއްޖޭން ކުރިން މި ކާޑް ތައާރަފް ކުރިނަމަވެސް ރާއްޖޭގައި ފޮޓޯކޮޕީ ގެންދަން ޖެހޭ ބޯދާ ނިޒާމަށް އަދިވެސް އަމަލު ކުރާއިރު އިންޑިއާގެ ނިޒާމުގައި އާދާރްކާޑްގެ ފޮޓޯކޮޕީ ހުށަހަޅާކަށް ނުޖެހެއެވެ. އެ ކާޑް ދެއްކުމަށްފަހު މަރުކަޒީ ނިޒާމުން އޭގެ ނަންބަރުން ޚިދުމަތް ލިބޭނެއެވެ.

ހިއްސާ ކުރައްވާ!