ވައިޓްހައުސްގެ ތަރުޖަމާން ނޫސްވެރިއެއްގެ މަންމައަކާ ބެހުނު ކަމަށް ބުނެފި

އެމެރިކާގެ ހަފިންގްޓަން ޕޯސްޓް ނޫހުން ހާމަކުރި ގޮތުގައި، ވައިޓް ހައުސްގެ ސްޕޯކްސްޕާސަން ކެރޮލިން ލެވިޓް، ވަނީ ނޫސްވެރިއަކު ކުރި ސުވާލަކަށް އެކަށީގެން ނުވާ ޖަވާބެއް ދީ އޭނާ ބުލީކޮށްފައެވެ. ނޫސްވެރިޔާގެ ސުވާލަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިއާގެ ރައީސް ވްލަދިމިރް ޕުޓިންގެ މަހާސިންތާ ހަންގެރީގެ ބުޑަޕެސްޓްގައި ބޭއްވުމަށް ނިންމީ ކާކުތޯ އެވެ؟

"އެސް.ވީ ދާތީ" ނަމަކަށް ކިޔާ ނޫސްވެރިޔާ ލިޔުނު މަޒުމޫނުގައި ބުނެފައިވަނީ އޭނާ ޓެކްސްޓް މެދުވެރިކޮށް މިސުއާލު ކުރުމުން ލެވިޓް ވަނީ ބޭއަދަބީ ގޮތަކަށް އޭނާއަށް ޖަވާބުދީފައި ކަމަށެވެ. ލެވިޓް ބުނި ކަމަށް ނޫސް ވެރިޔާ ބުނަނީ "އެގޮތަށް އެކަން ނިންމީ ކަލޭގެ މަންމަ!" މިފަދައިންނެވެ.

މިކަމެއް ހިނގާފައިވަނީ އޮކްޓޯބަރު 17 ވަނަ ދުވަހު ކަމަށް ނޫހުން ބުނި ނަމަވެސް، މިކަމާ ގުޅޭ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!