ޖެނޮސައިޑް ހުއްޓާލަން ނަތަންޔާހޫ ފަސްޖެހޭތީ ޓްރަމްޕްގެ މަންދޫބު އަލުން މެދުއިރުމައްޗަށް

ޖެނޮސައިޑް ވަގުތީ ގޮތުން ހުއްޓާލުމުގެ ދެވަނަ މަރުޙަލާއަށް އަމަލު ކުރުމަށް ހުރަސް އެޅޭ ގޮތަށް ނަތަންޔާހޫ އުޒުރު ދައްކަމުންދާތީ ޓްރަމްޕް އެކަމާ ގަޔާ ނުވާ ކަމަށާއި ހޯމަ ދުވަހު ސްޓީވް ވިޓްކޯފް އެނބުރި އިޒްރޭލަށާއި މެދުއިރުމައްޗަށް އަންނާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެމެރިކާ، މިސުރު، ޤަތަރު އަދި ތުރުކީ މެދުވެރިވެގެން ވަގުތީ ގޮތުން ޖެނޮސައިޑް ހުއްޓާލުމަށް އެއްބަސްވެފައިވާއިރު ޔަހޫދީން ދަނީ ޣައްޒާ ގައި އަދިވެސް ގަތުލުއާންމު ހިންގަމުންނެވެ. މިއަދުވެސް ހިންގި ގަތުލުއާންމެއްގައި އެއްއާއިލާއެއް އެއްކޮށް ޝަހީދުކޮށްލާފައި ވެއެވެ. ޖެނޮސައިޑް ފޯސްއިން ވަނީ ގައްޒާއަށް ވައްދަން ޖެހޭ ކާނާއާއި އެހީގެ 600 ލޮރީގެ އަދަދު 200 އަށް މަދުކޮށްފައެވެ. އަދި އިތުރު ވެއްދިޔަ ނުދީ ހިފަހައްޓަމުންނެވެ. މިސްރުން ޣައްޒާއަށް ވަދެ ނިކުންނަން އޮންނަ ރަފަހަ ބޯޑަރުވސް ޖެނޮސައިޑް ފޯސްއިން ވަނީ ބަންދުކޮށްފައެވެ.

ނަތަންޔާހޫ ބުނަނީ ހަމާސްގެ މެހުމާނުންގެ ގޮތުގައި ތިއްބައި ޖެނޮސައިޑް ފޯސްއިން ބޮން އެޅުމުން މަރުވެފައިވާ ޔަހޫދީންގެ ގަބުރުތައް ޔަހޫދީންގެ ސަރުކާރާ ހަވާލު ކުރަން ޖެހޭނެ ކަމަށެވެ. ހަމާސްއިން ބުނަނީ އެކަން ކުރާނެ ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ އުޅަނދުތަކާއި ތެޔޮ ޣައްޒާގައި ލިބެން ނެތުމުން ލަސްވާނެ ކަމަށެވެ. ޔަހޫދީން ބޭނުން ވަނީ ބަނޑަށް ޖައްސާފައިޥާ ޣައްޒާއަށް ކާނާ އެތެރެ ކުރުމަށްވުރެން އެމީހުންގެ މީހުންގެ ގަބުރުތައް ހޯދަން އިސްކަމެއް ދޭށެވެ.

ޔަހުދީންގެ ނުލަފާކަން ދުނިޔެއަށް ބެޒާރު ވުމުން ދުނިޔޭގައި ޔަހުދީން އަގު ވަނީ ވެއްޓިފައެވެ. ޕިއު ރިސާރޗް ސެންޓަރުގެ ސާރވޭއަކުން ދައްކާގޮތުން، އިސްރާއީލުގެ ޖެނޮސައިޑް ހަނގުރާމައިގެ ޢަމަލުތައް ހައްދުފަހަނައަޅާފައިވާ ކަމަށް ދެކޭ އެމެރިކާގެ ރައްޔިތުންގެ ނިސްބަތް ވަނީ 27 އިންސައްތައިން 39 އިންސައްތައަށް އިތުރުވެފައިވެއެވެ. އަދި އިސްރާއީލުގައި ވެސް ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރައްޔިތުން ދެކެނީ އެމީހުންގެ ނަމުގައި ޖެނޮސައިޑް ހިންގާފައިވާ ކަމަށެވެ. އަދި އެމީހުންގެ ކަންބޮޑުވުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ޔަހޫދީން އެކަހެރިވެ ގޮސް ގައުމުތަކަށް އެމީހުން ނުވައްދަފާނެތީއެވެ.

ހިއްސާ ކުރައްވާ!