ގޫގްލްއިން އިންޑިއާގައި 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

އިންޑިއާގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ހަބް ގާއިމުކުރުމަށް ގޫގުލްއިން 15 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އާންދްރަ ޕްރަދޭޝްގެ ވިޝާކަޕަޓްނަމްގައި އިއުލާން ކުރައްވާފައެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުއައްސޭރިަށުގެ މި ސިޓީ ބަދަލުވެގެންދާނީ ދުނިޔޭގެ މަބުގެ އީޖާދީ އަދި ސުމޭކު މުވާސަލާތީ މަރުކަޒަކަށެވެ.

މި މަޝްރޫއުގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި  1 ގިގަވޮޓްގެ ޑޭޓާ ސެންޓަރުގެ ކެމްޕަހެއް ގާއިމުކުރުން ހިމެނެއެވެ. މި ކެމްޕަހަށް ހަކަތަ ލިއްބައި ދޭނީ އިއާދަކުރަނިވި ހަކަތައިންނެވެ. އަދި ވިޝާކަޕަޓްނަމްއާއި ދުނިޔެ ގުޅުވައި ދިނުމަށް ގޫގުލްއިން  އައު ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ގޭޓްވޭއެއް ވެސް ގާއިމުކުރާނެ އެވެ. އަދި އެއާއެކު ވިޝާކަޕަޓްނަމް ބަދަލު ވެގެން ދާނީ، ޓެކްނޮލޮޖީ، ލޮޖިސްޓިކްސް، ހެލްތްކެއަރ އަދި ދަނޑުވެރިކަމުގެ ދާއިރާތަކުން ސީދާ އަދި ނުސީދާކޮށް ދިހަހާސްތަކެއްގެ ވަޒީފާ އުފެއްދައި ދޭނެ ސިޓީއަކަށެވެ.

ގޫގުލްގެ ސީއީއޯ ސުންދަރ ޕިޗައި ވިދާޅުވެފައިވަނީ މިއީ އެމެރިކާގެ ބޭރުގައި ގޫގްލްއިން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށެވެ. މިކަން އިއުލާން ކުރުމާއެކު، އާންދްރަ ޕްރަދޭޝްގައި 1.5 ބިލިއަން ޑޮލަރުގެ އިންފްރާސްޓްރަކްޗާގެ މަޝްރޫއުތަކެއް ފެށިގެންދާނެ އެވެ.

ހިއްސާ ކުރައްވާ!