އދގެ 80 ވަނަ އަހަރީ ދުވަހު އިންޑިއާއިން ދައްކައި ދެނީ ހަމަހަމަ ސިޔާސަތެއް

އދ ގެ 80 ވަނަ އަހަރީ ދުވަހާ ގުޅިގެން، އިންޑިއާ ވަނީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީގައި ޢަމަލީ އަދި ހަރަކާތްތެރި ޝާމިލު ބާރަކަށް ވެފައެވެ. އިންޑިއާއިން ވަނީ 2023 ވަނަ އަހަރު އެފްރިކާ ޔޫނިއަން ޖަމާއަތް، ޖީ20 ގެ ދާއިމީ މެމްބަރަކަށް ހެދުމަށް ގޮވާލައި ދުނިޔޭގެ ދެކުނުގެ ބިތުގެ މުހިންމު ޖަމާއަތަކަށް އަޑު އިއްވުމަށް ފުރުސަތު ދީފައެވެ. އަދި ފަހުން އެކަން ވަނީ ހަގީގަތަކަށް ވެގެން ގޮސްފައެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ތެރޭގައި އިންޑިއާއިން ކުރިއަށް ގެންދިޔަ ވެކްސިންގެ ސިޔާސަތާއި އަދި މިފަހަކަށް އައިސް ނޭޕާލް، ތުރުކީ އަދި ޕެސިފިކް ސަރަޙައްދުގައި ހިނގި އިންސާނީ ކާރިސާތަކުގައި އިންޑިއާއިން އިންސާނީ އެހީ ދިނުމަށް ހަރަކާތްތެރިވި މަސައްކަތްތަކުން މިކަން ސާބިތުވެއެވެ.

މޫސުމީ ބަދަލުތަކާ ގުޅޭ ޑިޕްލޮމަސީގައި ވެސް އިންޑިއާ ވަނީ ހަމަހަމަކަމާއި އުއްމީދު އެކުލެވޭ މަގެއް ޚިޔާރުކޮށްފައެވެ. ފްރާންސްއާއެކު އިންޓަނޭޝަނަލް ސޯލަރ އެލަޔަންސް އުފެއްދުމާއި، 2070 އަށް ނެޓް-ޒީރޯ އަށް ވާސިލުވުމުގެ އަމާޒު ހިފުމަކީ ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުންދާ ޤައުމުތަކަށް މުހިންމު ނަމޫނާއެކެވެ.

އިންޑިއާ އިން ވަނީ އެ ގައުމުން އިއުލާން ކޮށްފައިވާ އދގެ ގްލޯބަލް ކެޕޭސިޓީ ބިލްޑިންގ އިނީޝިއޭޓިވްގެ ދަށުން ދެކުނުގެ ޤައުމުތަކަށް ޞިއްޙީ ދާއިރާގެ އެހީތެރިކަމާއި، ޑިޖިޓަލް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގިޮސްފައެވެ. މި އެހީތެރިކަން ބިނާވެފައިވަނީ އެޤައުމުތަކުގެ ބޭނުންތަކަށް ރިޢާޔަތްކޮށް މުގާބިލުގައި އެއްވެސް ފިއްތުމެއް ނޫނީ އިގްތިސާދި މަންފާއެއް ނެތް ގޮތަށެވެ.

ޔުކްރެއިންގެ މައްސަލައިގައި ވެސް އިންޑިއާ ދަމަހައްޓާފައިވަނީ މަޝްވަރާ ގެ އުސޫލާއި އަދި މިނިވަންކަމުގެ މައްޗަށް ބިނާކށްފައިވާ އުސޫލެކެވެ. އދ ގެ ސެކިއުރިޓީ ކައުންސިލްގައި (2021-22) އިންޑިއާގެ ދައުރު އަދާކުރުމުގައި ޓެރަރިޒަމާ ދެކޮޅު އަދި ގައުމުތަކާ ދެކޮލަށް ދަތުިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅޭ ކޮމިޓީތަކުގެ ރިޔާސަތު ބެލެހެއްޓުމުގައި އިންޑިއާިއން ވަނީ ހަމަހަމަ ލީޑަރޝިޕެއް ދައްކުވައިދީފައިވެއެވެ.

ހިއްސާ ކުރައްވާ!