ޕާކިސްތާނަކީ އިންވެސްޓްމެންޓްގެ ބަދަލުގައި ސަލާމަތީ ޚިދުމަތް ދޭ ގައުމެއް

ޕާކިސްތާނުން ސައޫދީ އަރަބިއްޔާއާއެކު ހަދާފައިވާ ދިފާއީ އެއްބަސްްވުމުގެ ސަބަބުން ޕާކިސްތާނަށް ކުރިމަގުގައި ފަހި އިންވެސްޓްމެންޓްތައް ލިބިގެންދާނެއެވެ. މިއީ މި ފައްތަރުގައި ޕާކިސްތާނަށް ބޭނުންވެފައިވާ މުހިންމު އިންވެސްޓްމެންޓާއި މާލީ އެހީތެރިކަމަށް ވަރަށް މުހިންމު ކަމެކެވެ. ޕާކިސްތާނުގެ ދިފާއީ އެއްބަސްވުން ތަހުލީލު ކުރާ ފަރާތްތަކުން މިކަން އެހެން ގޮތަކށް މާނަ ކުރެއެވެ. އެ ފަރާތްތަކުން ބުނަނީ ޕާކިސްތާނަކީ ކުރިން ބޭރުގެ އެހީއަށް ބަރޯސާވަމުން އައި ގައުމެއް ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ސަޢޫދީ ޢަރަބިއްޔާއާއެކު ދިފާޢީ އެއްބަސްވުމެއްގައި ސޮއިކުރުމާއެކު، އެހީއަށް ބަރޯސާވާ ޤައުމެއްގެ ހައިސިއްޔަތު ބަދަލުވެ ސަލާމަތީ ޚިދުމަތް ފޯރުވައިދޭ ޤައުމަކަށް ޕާކިސްތާން ވަނީ ބަދަލު ވެފައެވެ. މި ބަދަލާއެކު، ޕާކިސްތާނުގެ އަސްކަރީ ބާރު ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.އަދި އެއީ، ބޭރުގެ އިންވެސްޓްމަންޓްތަކާއި އިސްތިރާޖީ ގުޅުންތައް ހޯދުމަށް ޕާކިސްތާނަށް ބާރަކަށް ވާނެ ކަމަށް މުހައްލިލުން ދެކެއެވެ.

ޕާކިސްތާނުން ވަނީ، 2025-26 ވަނަ އަހަރުގެ ބަޖެޓުގައި ދިފާޢީ ޚަރަދުތައް 20 އިންސައްތައަށް އިތުރުކޮށް، 2.55 ޓްރިލިއަން ޕާކިސްތާނީ ރުޕީސް (9 ބިލިއަން ޑޮލަރު) ކަމަށް ކަނޑައަޅާފައެވެ. މި ބަޖެޓުގެ އިތުރުވުން ގުޅުވަފައި ވަނީ މޭ މަހު އިންޑިއާއާ އެކު ހިނގި އޮޕަރޭޝަން ސިންދޫރުގައި ބަދަލު ކުރެވުނު ހަމަލަތަކަށް ފަހުއެވެ.

ޕާކިސްތާން ބޮޑު ވަޒީރު ޝަހްބާޒް ޝަރީފް ވިދާޅުވެފައިވަނީ އިންޑިއާއާ ދެކޮޅަށް އަސްކަރީ ގޮތުން ކާމިޔާބު ހޯދުނު ކަމަސެވެ. އަދި އެގޮތަށް އިޤްތިޞާދީ ގޮތުންވެސް އިންޑިއާއަށްވުރެ ކުރިއަރަން ޖެހޭ ކަމަށެވެ. އެހެންވެ އެ ސިޔާސަތަށް އަމަލީ ސިފައެއް ގެނައުމުގެ ގޮތުން ޕާކިސްތާނަކީ މިހާރު އެގައުމުގެ ދިފާއީ ޚިދުމަތް ބޭރުގެ ފަރާތްތަކަށް އިންވެސްޓްމެންޓްގެ މުގާބިލުގައި ދޭނެ ޤައުމެކެވެ.

ޕާކިސްތާނުން، ޗައިނާގެ ސްޓެލްތް ޖެޓާއި މިސައިލް ސިސްޓަމްތައް ހިމެނޭ ދިފާޢީ ޕެކޭޖެއް ޤަބޫލުކޮށްފައިވާއިރު، ފާޑުކިޔާ ފަރާތްތަކުން ބުނަނީ މި އަސްކަރީ އިޤްތިޞާދީ މޮޑެލްގެ ސަބަބުން ބޭރުގެ ބާރުތަކަށް ބަރޯސާވުން އިތުރުވެ، އެތެރޭގެ ބޭނުންތަކަށް ހިޔަނި އެޅިގެންދާނެ ކަމަށެވެ. ނަމަވެސް ޕާކިސްތާނަށް ޖެހިފައި ވަނީ ދެ ހަތުރުން ކަމަށްވާ ޗައިނާއާއި އެމެރިކާއާއެކު ބާއްވާ ގުޅުން ހަމަހަމަ ކުރަން ޖެހިފައެވެ. ޕާކިސްތާނުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވުމާއކު މި ބަދަލުތަކަކީ އެންމެ އެދެވޭ ބަދަލުތައް ކަމަށް ނިންމުން އަދި އަވސް ކަމަށް މުހައްލިލުން ދެކެއެވެ.

ހިއްސާ ކުރައްވާ!