ޑާކާގެ ހަޒްރަތް ޝާޖަލާލް އިންޓަނޭޝަނަލް އެއަރޕޯޓުގެ ކާގޯ ކޮމްޕްލެކްސްގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ކޮންޓްރޯލް ކުރުމަށް 26 ގަޑިއިރު ނެގިއެވެ. ބަނގްލަދޭޝްގައި މިފަހުން އާންމު ވެފައިޥާ އަލިފާނުގެ ހާދިސާތައް އަދިވެސް ހުއްޓުމެއް ނެތި ދަނީ ކުރމަތި ވަމުންނެވެ.
ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:15 ގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ފަޔަރ ސަރވިސްގެ 37 ޔުނިޓާއި، ނޭވީ، އެއަރ ފޯސް، ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ބޯޑަރ ގާޑް ބަންގްލަދޭޝްއާއި ފުލުހުން ބައިވެރިވިއެވެ. މި ހާދިސާއާ ގުޅިގެން އެއަރޕޯޓުގެ ފްލައިޓް އޮޕަރޭޝަންތައް ވަގުތީގޮތުން ހުއްޓާލަން ޖެހުނެވެ.
ޑާކާއަށް ޖައްސަން އައި ފްލައިޓްތައް ވަނީ ޗިޓަގޮންގ އަދި ސިލެހަޓަށް ބަދަލު ކޮށްފައެވެ. އަދި ބައެއް ފްލައިޓްތައް އިންޑިއާގެ ކޮލްކަތާއަށް ވެސް ބަދަލުކުރެވުނެވެ.
މި ހާދިސާގައި ޖުމްލަ 35 މީހުން ޒަޚަމްވެފައިވެއެވެ. އޭގެ ތެރޭގައި ފަޔަރ ފައިޓަރުންނާއި، ސިވިލް އޭވިއޭޝަންގެ އޮފިޝަލުން ހިމެނެއެވެ.




