ޗައިނާ ކުންފުންޏެއް ނެދަރލެންޑު ސަރުކާރުގެ ބާރުގެ ދަށަށް ގެނަސްފި

ނެދަލޭންޑްސްގެ ވެރިރަށް ދަ ހޭގްގައި ހިންގާ ޗައިނާގެ ކުންފުންޏެއް އާދަޔާ ޚިލާފް ފިަޔަވަޅެއްގައި ބަންޑާރަ ކޮށްފިއެވެ. ވިންގްޓެކް ޓެކްނޮލޮޖީ އަކީ ޗައިޏާ ކުންފުންޏެކެވެ. އެކުންފުނީގެ ދަށުން ހިންގަމުންދިޔަ ނެކްސްޕީރިއާ ކުންފުނި، ނެދަރލެންޑްސްގެ  ސަރުކާރުން ވަނީ ސަރުކާރުގެ ދަށަށް ގެނަސްފައެވެ. ނެދަރލެންޑްސްއިން ބުނީ މިފިޔަވަޅު އެޅީ ޔޫރަޕްގެ ސެމިކޮންޑަކްޓަރު ސަޕްލައި އާއި އިޤްތިޞާދު ޗައިނާގެ ފުށުން ރައްކާތެރި ކުރަން ކަމަސެވެ.

އެމެރިކާއިން ވަނީ މި ފިޔަވަޅު އެޅުމަށް ނެދަރލެންޑަށް ފިއްތާފައެވެ. ނެދަރލެންޑްސްގެ އިޤްތިޞާދީ ކަންކަމާބެހޭ މިނިސްޓްރީން މިކަން އިޢުލާނުކުރަމުން ބުނެފައިވަނީ، ކުންފުނީގެ ހިންގުމުގައި ސީރިއަސް މައްސަލަތަކެއް ހުރި ކަމަށެވެ. އަދި، ޑަޗް އަދި ޔޫރަޕްގެ ކްރިޓިކަލް ޓެކްނޮލޮޖީގެ ޤާބިލުކަން ދެމެހެއްޓުމަށް ދިމާވާ ގޮންޖެހުންތަކުން ސަލާމަތް ކުރުމަށް މިފިޔަވަޅު އަޅަން ޖެހުނީ ކަމަށެވެ. ނެދަރލެންޑްސްއިން މިފިޔަވަޅު އަޅާފައި ވަނީ ހަނގުރާމައިގެ ދުވަސްވަރު ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ކުންފުނިތަކުގެ ހިންގުން ސަރުކާރުން ކޮންޓްރޯލުކޮށް ބަންޑާރަ ކުރުމުގައި އަމަލުކުރާ ސިޔާސަތުގެ ދަށުންނެވެ. އެ ގާނޫނަކީ "ގުޑްސް އެވެއިލަބިލިޓީ އެކްޓް" އެވެ.

ނެދަރލެންޑްސްއ އިން ފިޔަވަޅާ ގުޅިގެން ޗައިނާގެ ސެމިކޮންޑަކްޓަރ އިންޑަސްޓްރީ އެސޯސިއޭޝަނުން މިއީ ޗައިނާ ބިލަތްހުނި ޖަހައި އަމާޒުކޮށް ކުރެވުނު ތަފާތުކުރުމެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ. އަދި ވިންގްޓެކް އިން ވަނީ އެ ކުންފުނީގެ ޙައްޤުތައް ހިމާޔަތްކުރުމަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެ އިންޒާރުޔ ދީފައެވެ. މި ހާދިސާއާ ގުޅިގެން ވިންގްޓެކްގެ ޝަންހާއީ ސްޓޮކް މާކެޓްގެ ހިއްސާ ވަނީ 10% އަށް ދަށްވެފައެވެ.

ނަމަވެސް ނެދަރލެންޑްސްގެ އޮފިޝަލުން ވަނީ ނެކްސްޕީރިއާގެ އުފެއްދުންތެރިކަން މެދުނުކެނޑި ކުރިއަށްދާނެކަން ކަށަވަރުކޮށްދީފައެވެ. އަދި އުޅަނދުފަހަރާއި އިލެކްޓްރޯނިކްސް ދާއިރާތަކަށް ބޭނުންވާ ޗިޕްތަކުގެ ސަޕްލައި ހުއްޓުމެއް ލިބެމުންދާނެ ކަމަށް ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!