ޓްރަމްޕް: އަޅުގަނޑުމެންނަށް މިހާރު މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވިއްޖެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނަނީ މެދުއިރުމަތީގައި މިހާރު ހަމަޖެހުން ލިބި، އިތުރު ކާމިޔާބީތަކަށް މީހުން ވަނީ ކެތްމަދުވެފައި ކަމަށެވެ. އަދި ޓްރަމްޕް އިތުރަށް ބުނަނީ ހަމާސް އަކީ "ނުލަފާ ޖަމާއަތެއް ކަމަށާއި އެއްބަސްވުމަށް ތަބާނުވެއްޖެނަމަ އަވަހަށް ނައްތާލެވޭނެ" ކަމަށެވެ. ޓްރަމްޕް އެ ބުނާ އެއްބަސްވުމަކީ އޭނާގެ ޚިޔާލީ ވަގުތީ ގޮތުން ޖެނޮސައިޑް ހުއްޓާލުމަށް ޔަހޫދީން އެއްބަސްވި އޭގައި ދާއިމީ ސުލްހައަށް މަގުފަހި ކުރުމެއް ނުވާ އަރަބިންނާއި ޒަޔަނިސްޓުންނަށް ގައްޒާގެ ބިމުން ވިޔަފާރި ކުރުމަށް ފުރުސަތު ލިބޭ އެއްބަސްވުމެކެވެ.
އެމެރިކާއިން ވަނީ ޣައްޒާގައި ވަގުތީ ގޮތުން ޖެނޮސައިޑް ހުއްޓާލުމަށް އެއްބަސްވެފައިވާ ޔަހޫދީންނަށް ފަހިވާ އެއްބަަސް ވުމުގެ ކަންކަން ދާގޮތް ބެލުމަށް މަރުކަޒެއް ގާއިމް ކޮށްފައެވެ. މިމަރުކަޒަކީ ޔަހޫދީ ޖެނޮސައިޑް ސިފައިންނާއި ޖެނޮސައިޑަށް ވާގިވެރިވި އެމެރިކާގެ ސިފައިން ގުޅިގެން ހިންގާ މަރުކަޒެކެވެ. އެމެރިކާ ބުނަނީ މިއީ ސިވިލް-މިލިޓަރީ ކޯޑިނޭޝަން ސެންޓަރެއް ކަމަށެވެ.
މި މަރުކަޒު ޤާއިމްކޮށްފައި ވަނީ 17 އޮކްޓޯބަރު ގައެވެ. ސެންޓްކޮމްގެ ކޮމާންޑަރު ބްރެޑް ކޫޕަރު ބުނާ ގޮތުގައި، މި މަރުކަޒުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރާ މިންވަރު ބަލަހައްޓާނެއެވެ. އަދި އޮޕަރޭޝަންސް ރޫމެއްގެ އެހީގައި ޣައްޒާގެ ހާލަތު ވަގުތުން ވަގުތަށް ވަޒަންކުރާ ނެއެވެ. އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ފާޅުކޮށް ޖެނޮސައިޑްގައި ބަިއވެރިވި ކަމަށް އެމރިކާގެ ރައީސް އެއްބަސްވެފައިވާއިރު މި މަރުކަޒު ވެގެން ދާނީ ޔަހޫދީން ކޮޅަށް ބުރަވާ ފަލަސްޠީނުގެ ހައްގުތައް ނިގުޅައި ގަތުމަށް އެމެރިކާއިން ބާރު އަޅާ މަރުކަޒަކަށެވެ.





