ޖެނޮސައިޑް ބާރުތަކަށް އަރަބި އިސްލާމީ ގައުމުތަކުން ވާގިވެރިވާނެ ކަމަށް ބުނެ ޓްރަމްޕް ދޮގެއް ހަދައިފި

ޖެނޮސައިޑް ހިންގާ އިސްއާއީލަށާއި ޖެނޮސައިޑަށް ވާގިވެރިވާ އެމެރިކާއަށް އަރަބި އިސްލާމީ ގައުމުތަކުން ވާގި ވެރިވާން ތައްޔާރަށް ތިބި ކަމަށް ބުނެ އެމެރިކާ ރައީސް ޓްރަމްޕް ބޮޑު ދޮގެއް ހަދައިފިއެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ބުނަނީ އޭނާގެ ޚޔާލީ ސުލްހަ ދެމެހެއްޓުމަށްޓަކައި ހަމާސްއާ ހަނގުރާމަ ކުރުމަށް މެދުއިރުމަތީގެ ގިނަ ޤައުމުތަކުން ޣައްޒާއަށް ސިފައިން ފޮނުވަން ތައްޔާރަށް ތިބި ކަމަށެވެ. އަދި އޭނާ ބުނަނީ ޖެނޮސައިޑް ވަގުތީ ގޮތުން ހުއްޓާލާފައިޥާ އެއްބަސްވުމާ ހަމާސްއިން ޚިލާފުވެއްޖެނަމަ މި ޤައުމުތަކުން ވަރުގަދަ ބާރެއް ޣައްޒާއަށް ފޮނުވާނެ ކަމަށެވެ. ޓްރަމްޕް މި ބޮޑު ދޮގު ހަދާއިރު އެ އެއްބަސްވުން ދަމަހައްޓާނެ ކަމަށް ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު ހަމާސް އިން ބުނަމުން ދެއެވެ. އަދި ކޮންމެ ދުވަހަކު ހެން ޔަހޫދީން އާދައިގެ މަތިން އެއްބަސްވުމާ ޚިލާފްވެ ގަތުލުއާންމު ހިންގުމަށް ހަމަލަތައް ދމެުން ގެންދެއެވެ. ޔަހޫދީން ހިންގާގައިވާ ޖެނޮސައިޑް ހަމަލަތަކުގައި މި ދެހަފްތާ ތެރޭވެސް ފަލަސްޠީނުގެ 100 މީހުން ޝަހީދު ކޮށްފައި ވެއެވެ.

ހަމާސްއާ ދެކޮޅަށް ހަނގުރާމަ ކުރާ ލާޝްކަރުގެ ވާހަކަ ދައްކަމުން ޓްރަމްޕް ވަނީ ވަކިން ޚާއްޞަކޮށް އިންޑޮނޭޝިއާގެ ނަން ފާހަގަ ކޮށްފައެވެ. އެނޫން އެހެން އެއްވެސް ޤައުމެއްގެ ނަން ފާޅުކޮށް އޭނާ ހާމައެއް ނުކުރެއެވެ. އިންޑޮނޭޝިއާ އަކީ ޓްރަމްޕް އޭނާގެ ދަރިއަށް ކޮންސްޓްރަކްޝަން ވިޔަފާރި ހޯދައިދިނުމަށް އެދިފައިވާ ގައުމެކެވެ.

ހަމާސްއިން ބަސްނަހައިފިނަމަ، އެ ޖަމާޢަތް ނައްތާލުން "އަވަސް، އަދި އަނިޔާވެރި" ހަމަލަތަކެއް ދޭނެ ކަމަށް ޓްރަމްޕް އިންޒާރު ކޮށްފައި ވެއެވެ. އޮކްޓޯބަރު 10 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން ފެށި ފަހުން ވެސް ޖނޮސައިޑް ހިންގާ އިސްރާއީލުން ވަނީ 100 އަށް ވުރެން ގިނަ އަދަދެއްގެ ފަލަސްތީނު މީހުން ޝަހީދުކޮށްފައެވެ.

ހިއްސާ ކުރައްވާ!