ޣައްޒާގެ ބިންތައް ހިފުމަށް އެމެރިކާއިން ގެންގުޅޭ ޕްލޭންގެ ދަށުން އިމާރާތް ކުރުމަށް ފަށާ ފުރަތަމަ މަސައްކަތައް ފަށަން އެމެރިކާއިން ފައިސާ ދޭނީ އިޒްރޭލުން ޣައްޒާގައި މިހާރު ކޮންޓްރޯލު ކުރަމުންދާ ސަރަހައްދުގައި ކަމަށް ޓްރަމްޕްގެ ދަނބިދަރި ޖަރެޑް ކުޝްނަރު އިއުލާން ކޮށްފިއެވެ. ކުޝްނަރު ބުނެފައި ވަނީ ހަމާސްގެ ބާރުގެ ދަށުގައިވާ އެއްވެސް ސަރަޙައްދަކަށް އެހީއެއް ނުލިބޭނެ ކަމަށެވެ.
ޔަހޫދީންނާ ނުސްކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ތެލްއަވީވްގައި ކުޝްނަރު ބުނެފައި ވަނީ "އައު ޣައްޒާއެއް" އުފެއްދުމުގެ ވިސްނުން އެމެރިކާގެ ސަރުކާރުގައި އޮތް ކަމަށެވެ. މިއީ ކުރިންވެސް ޓްރަމްޕް ހާމަކޮށްފައިވާ ޣައްޒާ ބަނޑު ދަށުލުމުގެ ވިސްނުމެވެ.
ޓްރަމްޕްގެ ޣައްޒާ އިސްތިއުމާރު ކުރުން އިތުރަށް ކިޔާލުމަށް:
ޣައްޒާގެ ނަސްލު ސާފުކޮށްލުމަށް ޓްރަމްޕް ހުށަހަޅާ ޕްލޭނާއި އެޕްލޭންގެ މޭސްތިރި ޔަހޫދީ މީހާ!
ޓްރަމްޕް ސަރުކާރުން ބުނަނީ ޣައްޒާއަކީ ބާރު ކަނޑުވާލާފައިވާ ހަތިޔާރު ނުގެންގުޅޭ ސަރަހައްދަކަށް ހަދާނެ ކަމަށާއި ޖެނޮސައިޑް ނިންމާ އެއްބަސްވުމުގެ ދަށުިން އެކަން ކުރަން ޖެހޭ ކަމަށާއި ބައިނަލްއަޤްވާމީ ސަލާމަތީ ބާރުތަކެއް ޣައްޒާގައި ތިބެގެން ހަމާސް އަށް މިނިވަން ކުރުމުގެ މަސައްކަތް ނުކުރެވޭ ގޮތް ހަދަން ޖެހޭ ކަމަށެވެ. ކުޝްނަރު ބުނަނީ މި ޕްލޭންގެ ދަށުން ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރި ސަރަޙައްދުތަކެއް އުފައްދައި، ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް ވަނީ ރޭވިފައި ކަމަށެވެ.
ނަމަވެސް މި ޕްލޭނާމެދު ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ވަރަށް ޔަހޫދީ ރޭވުމެއް ކަމަށާއި މިއީ ފަލަސްތީނުގެ ރައްޔިތުން ނުރަސްމީކޮށް ވަޒަނުން ބޭރުކޮށް، އިސްރާއީލަށް އިތުރު ބިންތައް ކަނޑައެޅުމަށް މަގުފަހިކުރާ ކަމެއް ކަމަށެވެ. މިހާރުވެސް ޣައްޒާގެ ތިންބައިކުޅަ ދެބައި ވަނީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ.
އދ އާއި އެހެނިހެން އިންސާނީ ޖަމިއްޔާތަކުން ވަނީ މި ޕްލޭންގެ ސަބަބުން ފަލަސްޠިނު ރައްޔިތުންނަށް ކުރާނެ އަސަރުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، ޣައްޒާގެ ހުރިހާ ރައްޔިތުންގެ ބޭނުންތައް އިސްކަންދޭ ގޮތަށް އަލުން އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލާފައެވެ.
އަރަބި އިސްލާމީ ގައުމުތަކުން ދަނީ ފަލަސްޠިނުގެ ދައުލަތް ވުޖޫދުން ފޮހެލުމަށް ޓްރަމްޕާއި ސަހުޔޫނީ ބާރުތަކުން ކުރަމުންދާ މަސައްކަތަށް ނުސީދާކޮށް ވާގިވެރިވަމުންނެވެ. މި ރޭވުންތަކާއެކުވެސް އަރަބި އިސްލާމީ ގައުމުތަކުން ތިބީ ހިމޭނުންނެވެ.





