ޖޯޑަންގެ އުތުރު ސަރަހައްދުގައި ދިރިއުޅޭ އަބޫ ޣާލިބްގެ ނަމުން މަޝްހޫރު އަލްހާޖް ސާލިމް ބާޔަރް ރަޟްވާން އައްޝަލޫލް އަކީ 100 އަހަރާ ގާތްކުރާ ޒުވާން އުމުރުގެ މީހެކެވެ. އިއްޔެ އޭނާ ވަނީ އުމުރުގެ 4 ވަނަ ކައިވެނި ކޮށްފައެވެ.
އަބޫ ޣާލިބަކީ، އެ ސަރަހައްދުގެ އެންމެ ދުވަސްވީ މީހުންގެ ތެރެއިން އެކަކެވެ. އޭނާ ކުރިން ކުރި 3 ކައިވެނިން ދެ ކައިވެންޏަށް ކުދިން ލިބިފައި ވެއެވެ. އޭނާގެ އަނބިންނާއި ބައެއް ކުދިން ވަނީ ނިޔައުވެފައެވެ.
އޭނާގެ ފުރަތަމަ އަނބިމީހާއަށް 6 އަންހެން ކުދިންނާއި 3 ފިރިހެން ކުދިން ލިބިފައި ވެއެވެ. އަދި ދެވަނަ އަނބިމީހާއަށް 5 އަންހެން ކުދިންނާއި 3 ފިރިހެން ކުދިން ލިބިފައިވެއެވެ. ނަމަވެސް ތިންވަނަ އަނބިމީހާއަށް ކުއްޖަކު ނުލިބެއެވެ. އަބޫ ޣާލިބު އުންމީދު ކުރަނީ 4 ވަނަ އަނބި މީހާއަށް ކުއްޖަކު ލިބޭނެ ކަމަށެވެ! އޭނާގެ ނަސޭހަތަކީ ކުޑަކޮށް ބޮލަށް އުނދަގޫވިނަމަވެސް ކައިވެނިކޮށްގެން އުޅުމަކީ އެކަނިވެރިކަމުން ސަލާމަތްވުމަށް އޮތް ހައްލެކެވެ. އަދި، ރަނގަޅު ދިރިއުޅުމެއް އުލެން ބޭނުން ނަމަ ކައިވެނި ކުރަން ޖެހޭނެ ކަމަށެވެ.







