ޔަހޫދީ ފަތުރުވެރިއަކު ފައްޅީގެ ޚައިރާތު ފޮށިން ވައްކަން ކޮށްފި

ޔަހޫދީންގެ ފަތުރުވެރިއަކު ތައިލެންޑްގެ ޕަޓާޔާގައި ފައްޅީގެ ކައިރާތު ފޮށިން ވައްކަން ކޮށްފިއެވެ. އުމުރުން 34 އަހަރުގެ އިޒްރޭލްގެ ފަތުރުވެރިޔާ ވަނީ މި މައްސަލާގައި ހައްޔަރުކޮށްފައެވެ. މިމީހާ ވަގަށް ނަގާފައި ވަނީ 300 ބާޓް (ގާތްގަނޑަކަށް 8 އެމެރިކާ ޑޮލަރު) އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ފަތުރުވެރިޔާ މި ޚައިރާތު ފޮށި ލޫޓުވާލީ، މާސާޖު ސެންޓަރަކުން ޚިދުމަތް ހޯދުމަށް ފަހު ޖެހުނު ދެބަސްވުމެއްގައި އޭނާއަށް ފައިސާ އަނބުރައި ނުދީގެންނެވެ. ސީސީޓީވީ ފުޓޭޖުން ވަނީ އެމީހާ ވައްކަން ކުރި މަންޒަރާއި އެއަށްފަހު އޭނާ ފިލަން ދުއްވައިގަތް މަންޒަރު ވަނީ ރެކޯޑުވެފައެވެ. އޭނާ ހުއްޓުވާފައި ވަނީ ސައިކަލުގައި ދިޔަބަޔަކާއި އާންމު ރައްޔިތުންގެ ބަޔަކު ވެގެން ނެވެ. އަދި އެއަށް ފަހު އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

މި ހާދިސާގެ ވީޑިއޯ ތުރުކީގެ ނޫސްއެޖެންސީތަކުން ގެނަސްދީފައި ވެއެވެ. އަދި މީސްމީޑިއާގައި މިމީހާގެ ވީޑިއޯ ވަނީ ވައިރަލް ވެފައެވެ. އިޒްރޭލުގެ ފަތުރުވެރިންގެ ފަރާތުން އެކި ގައުމުތަކުގައި މިފަދަ މައްސަލަތައް ދިމާވަމުން ދެއެވެ.

ފައްޓާޔާގެ އޮފިޝަލުން ވަނީ މިކަމުގައި އެހީތެރވެ ދިން އާމުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ފަތުރުވެރިން ގިނަ ސަރަޙައްދުތަކުގައި، އާންމު ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ރައްޔިތުންގެ ރައްކާތެރިކަމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ތައި ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!