ޖެނޮސައިޑް ސިފައިންގެ ބަޖެޓު ހުސްވެއްޖެ

އަންނަ މަހު ބާއްވާ ޔަހޫދީ ރެޖީމްގެ އާންމު އިންތިޚާބުގެ ކުރިން، ސިފައިންނަށް އިތުރަށް ބޭނުންވާ 8 ބިލިއަން ޑޮލަރު ނުލިބޭނަމަ ޒަޔަނސިްޓު ޖެނޮސައިޑް ސިފައިންގެ މުސާރަ ހައްޖެއްސޑޭނެ ގޮތެއް ނޯންނާނެ ކަމަށް ޔަހޫދީ ސިފައިން ބުނެއެވެ. ނަތަންޔާހޫގެ ސަރުކާރުން ހުށަހަޅާފައިވާ ސިފައިންނަށް ބޭނުންވާ މި ފައިސާއަށް އިދިކޮޅު ފަރާތްތަކުން ވަނީ ދެކޮޅު ހަދައި ހިފަހައްޓާފައެވެ.

ޔަހޫދީ ސިފައިން ބުނަނީމި ފައިސާއަކީ ޣައްޒާގައި ހިންގާ ޖެނޮސައިޑަށާއި، ޔަމަނު، ލުބުނާން އަދި އީރާނަށް ބޮން އެޅުމަށާއި އެތަންތާނގައި ފަސާދަ އުފެއްދުމަށް ބޭނުންވާނެ ފައިސާ ކަމަށެވެ. މި ފައިސާ ހަމަނުޖެހޭނެ ނަމަ، މާލީ ގޮތުން ޖެނޮސައިޑް ސިފައިންނަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށް ބްލޫމްބަރގް އިން ރިޕޯޓުކޮށްފައި ވެއެވެ.

  • އިދިކޮޅު ފަރާތްތަކުން ސިފައިންނަށް މި ފައިސާ ދޭން ހަމަޖައްސައިފިނަމަ ޖެނޮސައިޑް ރެޖީމްގެ މި އަހަރުގެ އަސްކަރީ ޚަރަދުތައް ޖީ.ޑީ.ޕީގެ ގާތްގަނޑަކަށް 9 އިންސައްތައަށް އަރައިގެންދާނެއެވެ.
  • އަސްކަރީ ޚަރަދުތައް އިތުރުކުރުމަށް އިދިކޮޅުން ތާއީދުކުރި ނަމަވެސް، ޤައުމީ ބަޖެޓަށްކުރާ ނޭދެވޭ އަސަރު ކުޑަކުރުއިދިކޮޅު ފަރާތްތަކުން ޝަރުތުު ކުރަން ބޭނުން ވެއެވެ.
  • މި ފައިސާ ހަމަ ނުޖެހޭނަމަ ސިފައިންނަށް މުސާރަދިނުމާއި ޔަހޫދީންގެ އާބާދީތައް ރައްކާތެރިކުރުމަށް ގޮން ޖެހުން ކުރިމަތިވާނެ ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައަށް އަވަސް ޙައްލެއް ނުލިބިއްޖެނަމަ، ސިފައިން ހިންގާ އަސްކަރީ ޙަރަކާތްތަކަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ވެސް ބުނެފައި ވެއެވެ. މިހާރުގެ ހާލަތު  ހުރިގޮތުން އަދި ވައިގެ ދިފާޢީ ނިޒާމުތަކުގެ ރައްކާތެރިކަމަށް ބޭނުންވާ ސްޓޮކް އަލުން އުފެއްދުމަށް އެތައް އަހަރެއް ނަގާނެ ކަމަށް މަސްދަރުތަކުން ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!