ރަން ފިހާރައިން ވައްކަން ކުރެވުނީ ނަފްސާނީ ހާލަތެއް މެދުވެރިވެގެން ކަމަށް ޔޫރަޕް އަންހެން މީހާ ބުނި

ދުބާއީގެ ރަން ފިހާރައަކުން ރަން ހާރެއް ވަގަށް ނެގިކަމުގެ ކުށް ސާބިތުވި، ޔޫރަޕްގެ އަންހެނަކު 15،000 ދިރުހަމުން ޖުރިމާނާ ކޮށްފިއެވެ. މި އަންހެން މީހާ ވަގަށް ނެގި ހާރުގެ އަގަކީ 10،000 ދިރުހަމައެވެ. މި މައްސަލަ ހިނގި ގޮތް ސީސީޓީވީ ކެމެރާއިން ވަނީ ކެމެރާ ފުޓޭޖުން ވަނީ ފެނިފައެވެ.

ދުބާއީގެ ކޯޓުން ވަނީ މި އަންހެން މީހާ 5،000 ދިރުހަމުގެ ޖޫރިމަނާއަކުން ޖޫރިމަނާކޮށް، ވަގަށް ނެގި ހާރުގެ ބަދަލުގެ ގޮތުގައި ފިހާރައަށް 10،000 ދިރުހަމް ދިނުމަށް ވެސް އަމުރުކޮށްފައި ވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މި އަހަރުގެ މާޗް މަހުއެވެ. މި އަންހެން މީހާ ފިހާރައިން ނިކުތްތާ މާގިނަ އިރުތަކެއް ނުވެ، ފިހާރައިގެ ސޭލްސް މީހަކަށް އެ ހާރު ގެއްލިފައިވާކަން ފާހަގަވިއެވެ. ފަހުން ސީސީޓީވީ ފުޓޭޖު ބެލިއިރު، އެ އަންހެން މީހާ ވަނީ އެ ހާރު އޭނާގެ ދަބަހަށް ލައިގެން އަވަހަށް އެތަނުން ނިކުމެގެން ގޮސްފައެވެ.

ފުލުހުން ވަނީ އޭނާ ދުއްވި އުޅަނދުގެ އެހީގައި މި އަންހެން މީހާ ހޯދައި ހައްޔަރުކޮށްފައެވެ. އޭނާއާ ސުވާލުކުރުމުން ބުނެފައި ވަނީ އެ ހާރު ވަގަށ ްނެގުނީ ކުއްލިއަކަށް ނަފްސާނީ ހާލަތެއް މެދު ވެރިވެގެން ކަމަށެވެ. އެއީ އޭނާ އެ ހާރު ގަންނަން އުޅެނިކޮށް އޭނާގެ ބޭބެ މަރުވިކަން އޭނާއަށް އެނގުމުން ނަފްސާނީ ހާލަތެއް ދިމާވީ ކަމަށެވެ. އޭނާގެ ދިފާއީ ވަކީލު އެދުނީ އަދަބު ލުއިކޮށްދިނުމަށެވެ. ނަމަވެސް ކޯޓުން ނިންމީ، ވައްކަން ކުރި ކަމުގެ ކާފީ ހެކި ހުރުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.  

ހިއްސާ ކުރައްވާ!