ވިލިއަމް ލޯރެންސް، އެމެރިކަން ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ޕްރޮފެސަރު،، ވިދާޅުވަނީ އިޒްރޭލުން ޣައްޒާއަށް ދިން އެންމެ ފަހުގެ ހަމަލާތަކާ ގުޅިގެން އެމެރިކާގެ ޓްރަމްޕް ސަރުކާރަށް ބޮޑު އިމްތިޙާނަކާ ކުރިމަތިވާނެ ކަމަށް.
އޭނާ ވިދާޅުވީ، ނަތަންޔާހޫގެ ސަރުކާރުގެ މި އަސްކަރީ ޢަމަލުތަކުގެ ސަބަބުން، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލުކުރުމަށް ޔަހޫދީންނަށް ބާރުއަޅާ ވާޖިބު ވޮޝިންޓަނުން އަދާކުރާ މިންވަރު މިހާރު ސާބިތު ވާނެ ކަމަށް.
ކުރިން ޔަހޫދީން ދިޔައީ ކުދި ކުދި ގޯނާ ކޮށް ހަމަލަތައް ދެމުން . މިހާރު ފާޅުގައި ބޮޑު ހަމަލައެއ ްމިވަނީ ދީފައި: ވިލިއަމް ލޯރެންސް،
އި ލޯރެންސް ވިދާޅުވީ، "ނަތަންޔާހޫ އޭނާގެ ސަރުކާރުގެ ކޯލިޝަންގެ ކަނާތުފިޔައިގެ ފަރާތްތަކުން ބޭނުންވާ ގޮތަށް ޢަމަލުކޮށް، އަލުން ހަނގުރާމަ ފަށައި، ސަރަޙައްދު ހިފަން ފަށައިފިނަމަ މިކަން ޓްރަމްޕް ސަރުކާރަށް މައްސަލައަކަށް ވެގެންދާނެ" ކަމަށް.
އަދި އެހެން ވެއްޖެނަމަ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އަންނާނެ ލޯރެންސް ވިދާޅުވި







