އަރަބިންނާއި މުސްލިމުން އެއްޗެއް ބުނަން 24 ގަޑިއިރު ނަގާނެ

ޔަހުދީންގެ ޖެނޮސައިޑަށް މުސްލިމުންނާއި އަރަބިން އެއްޗެއް ބުނަން 24 ގަޑިއިރު ނަގާނެ ކަމަށް މުހައްލިލުން ބުނޭ.

އެ ގައުމުތަކުން މަޑު ކުރާނީ އެމެރިކާގެ އިޝާރާތަކަށް ކަމަށް ބެލެވޭ.

އެމެރިކާއިން ވަނީ އިޒްރޭލުގެ ޖެނޮސައިޑް ފޯސްއަށް ޣަޒާއަށް އަލުން އެއްގަމު މަގުން ވަނުމާ މުޅިން ދެކޮޅު ހަދާ ކަމަށް ބުނެފައި ކަމަށް އެމެރިޚާ މަސްއޫލުވެރިން ބުނޭ.

އިޒްރޭލް ހަޔޯމް ނޫހުގައި އެމެރިކާގެ މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ޙަމާސުން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް އެމެރިކާއިން ގަބޫލުކުރޭ.

ނަމަވެސް، އިޒްރޭލުން ދޭ ކޮންމެ ހަރުކަށި ރައްދަކީ ހަނގުރާމަ އަލުން ފެށުމަށް މަގުފަހިކޮށްފާނެ ކަމެއް ކަމަށް އެމެރިކާއިން އިންޒާރުދ ކަމަށް ހަޔޯމްގައި ބުނޭ.

ހިއްސާ ކުރައްވާ!