ހަމާސްއިން ޖެނޮސައިޑް ނިންމާ އެއްބަސްވުމާ ޚިލާފްވި ކަމަށް އެމެރިކާ ނުދެކޭ: އެކްސިއޮސް

ހަމާސްއިން ޔަހުދީ ޖެނޮސައިޑް ނިންމާ އެއްބަސްވުމާ ޚިލާފް ވި ކަމަކަށް އެމެރިކާއިން ނުދެކޭ ކަމަށް އެކްސިއޮސްއިން ބުނެއެވެ. އެމެރިކާގެ ޚަބަރު ގެނަސްދޭ ވެބްސައިޓެއް ކަމަށްވާ "އެކްސިއޯސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ އިސް އޮފިޝަލަކު އިޒްރޭލުގެ މަސްއޫލުވެރިންނަށް އަންގާފައިވަނީ، ހަމާސްއިން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ނުދެކޭ ކަމަށާއި ޖެނޮސައިޑް ހުއްޓާލުމުގެ އެއްބަސްވުން ރޫޅިދާނެފަދަ ހައްދުފަހަނައަޅާފައިވާ ފިޔަވަޅުތައް ޔަހޫދީންވެސް ނޭޅުމަށް ބާރުއަޅާ ކަމަށެވެ. 

ޔަހޫދީ ޖެނޮސައިޑް ފޯސްއިން ވަނީ ޣައްޒާގެ އުތުރާއި ދެކުނަށް ހަމަލާދީފައެވެ. އަދި ޣައްޒާގެ މެދުތެރޭގައިވާ ދޭރުލްބަލަޙްގެ އިރުމަތީ ސަރަހައްދުތަކަށްވެސް ބޮން އަޅައި މުޅި ޣައްޒާ މަތިން ޑްރޯންތައް ދުއްވައި ހަމަލަ ދެމުން ގޮސްފައި ވެއެވެ.

މީގެ އިތުރުން، ޖެނޮސައިޑް ފޯސްއިން ވަނީ ޣައްޒާ ސިޓީގެ ހުޅަނގުގައިވާ އައްޝާޠީ ކޭމްޕަށް ވެސް ވައިގެ މަގުން ޓެރަރިސްޓް ހަމަލާތައް ދީފައެވެ. އަދި ޣައްޒާގެ އުތުރުގައިވާ އައްޝިފާ ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލަ ދީފައި ވެއެވެ. އައްޝިފާއަށް ހަމަލަ ދިނީ ޑްރޯން މެދުވެރިކޮށެވެ.

 

ހިއްސާ ކުރައްވާ!