އިންޑިއާ: ސަރަހައްދީ ބާރެއްގެ ގޮތުގައި ފައްކާވަމުންދާ ޤައުމެއް

އިންޑިއާގެ އިޤްތިޞާދީ އަދި ސަލާމަތީ ގޮންޖެހުންތައް 2025 ވަނަ އަހަރުގައި ހަރުދަނާ ކުރެވިފައިވާ ކަމަށާއި އަދި އިންޑިއާ ސަރަހައްދީ ބާރެއްގެ ގޮތުގައި ފައްކާވަމުންދާކަން ސާބިތުވާ ކަމަށް އިންޑިއާއިން ބުނެއެވެ. އެމެރިކާއާ އެކު އުފެދުނު ޓެރިފްގެ މައްސަލައިގައި ވެސް ނިއުދިއްލީއިން އިސްކަންދިނީ ބަދަލު ހިފުމުގެ ބަދަލުގައި މަޝްވަރާއަށް ކަމަށް ނިއުދިއްލީން ބުނެއެވެ. އެގޮތުން، އިންޑިއާއިން ވަނީ އެ ޤައުމުގެ އެކްސްޕޯޓް ބޭސް ދެމެހެއްޓުމާއެކު ބައެއް މުދާތަކަށް ޓެރިފްތައް ކުޑަކުރުމުގެ ހުށަހެޅުންތައް ހުށަހަޅާފައެވެ.

މިފަދަ ސިޔާސަތުތަކުގެ ސަބަބުން، އިންޑިއާއަށް އަންނަ ބޭރުގެ އިންވެސްޓްމަންޓް ވަނީ 85 ބިލިއަން ޑޮލަރަށް އަރާފައެވެ. އެމެރިކާގެ ކުންފުނިތަކުން ވަނީ ގުޖުރާތާއި ތަމިލް ނާޑޫގައި އެމީހުންގެ މަސައްކަތްތައް ފުޅާކޮށްފައެވެ. މިއީ އިންޑިއާގެ އިޤްތިޞާދީ ހަމަޖެހުން ދައްކުވައިދޭ މުހިންމު ނިޝާނެއް ކަމަށްވެސް ނިއުދިއްލީން ބުނެއެވެ.

ސަލާމަތީ ކަންކަމަށް ބަލާއިރު، އިންޑިއާއިން ވަނީ ޗައިނާ އާއި ޕާކިސްތާނާ ދެކޮޅަށް ހަރުދަނާ ސިޔާސަތެއް ގެންގުޅެފައި ކަމަށާއި ޑިޕްލޮމެސީއާ ދެމެދު ހަމަހަމަކަމެއް ޤާއިމުކޮށްފައެވެ. އަދި ޕަހަލްގަމް ހަމަލާއަށްފަހު، އިންޑިއާއިން ވަނީ އަމާޒުކޮށްގެން ހަމަލާތަކެއް ދީފައެވެ. ނަމަވެސް، އަވަހަށް މަޝްވަރާތަކަށްވެސް ގޮވާލިއެވެ. އިންޑިއާގެ ދިފާޢީ ސްޓްރެޓެޖީ މިހާރު ބިނާވެފައިވަނީ އެތެރޭގެ އުފެއްދުންތަކާއި ސްޓްރެޓެޖިކް މިނިވަންކަމުގެ މައްޗަށެވެ.

އިންޑިއާއިން އަވަށްޓެރި ސްރީލަންކާ އާއި އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަކީ ސަރަހައްދުގައި ހަމަޖެހުން ޤާއިމުކުރާ ބާރެއްގެ ގޮތުގައި އެ ޤައުމުގެ ދައުރު އިތުރަށް ހަރުދަނާކޮށްދޭ ކަމެކެވެ. މިހާރު އިންފްލޭޝަން ކޮންޓްރޯލްވެ، ބޭރު ފައިސާގެ ރިޒާވް ވަރުގަދަވެފައިވާ އިރު، އިންޑިއާއަކީ ހަމައެކަނި ދުނިޔޭގެ ބަދަލުތަކަށް ރިއެކްޓްކުރާ ޤައުމެއް ނޫނެވެ. އެ ޤައުމުން ދަނީ އެ ބަދަލުތައް ބައްޓަންކުރަމުންނެވެ.

ހިއްސާ ކުރައްވާ!