ނެދަލެންޑްސްގައި އިސްލާމޯފޯބިއާއަށް ވާހަކަ ދައްކާ މުސްލިމުންގެ ހަތުރުވެރިން އާންމު އިންތިޚާބުގައި ކުރި ހޯދަފާނެ ކަމަށް ހީކށް މީހުން ތިބީ ބިރުންނެވެ. މިހާރު ލިބިފައިވާ އާންމު އިންތިޚާބުގެ ނަތީޖާގައި ލިބަރަލް-ޕްރޮގްރެސިވް ޕާޓީ ޑީ66 އަށް ލިބުނު ކާމިޔާބީއަކީ، މުހާޖިރުންނާ ދެކޮޅު މީހުންނާ ޚިލާފަށް މުސްލިމުންނާއި ބައި މަދު ނަސްލުތަކުގެ މެދުގައި އުއްމީދެއް އާލާވެފައިވާ ކަމެކެވެ.
ގިނަ ބަޔަކަށް، މި ކާމިޔާބީއަކީ ރަމްޒެއް ނޫނެވެ. އެއީ، މި ފަހުގެ އަހަރުތަކުގައި ނެދަރލެންޑްގައި މައިގަނޑު ވާހަކައަކަށް ވެފައިވާ މުސްލިމުންނާއި ބިދޭސީންނަށް ނަފްރަތުކުރުމާއި އިސްލާމްފޯބިއާ އާ ދެކޮޅަށް ލިބުނު ކާމިޔާބީއެކެވެ.
ރޮޓަރޑޭމްގެ ޓީޗަރެއް ކަމަށްވާ އަދި ދެވަނަ ޖީލުގެ މަޣްރިބް ޑަޗް ނަސްލުގެ ރައްޔިތެއް ކަމަށްވާ ފާތިމާ އަލް-ޙަސަން ބުނަނީ މި ނަތީޖާއަކީ އެންމެން އެކުވެގެން ހަމަނޭވާއެއް ލާން ލުބުނުފަދަ އިޙްސާސެއް ކުރެވޭ ކަމެކެވެ.
ޑީ66 ޕާޓީގެ ސިޔާސަތުތަކުގައި އަބަދުވެސް އިންސާނީ ވަންތަ އޯގާތެރި އިމިގްރޭޝަން ސިޔާސަތުތަކާއި، ދީނީ މިނިވަންކަމާއި، ތަފާތުކުރުންތަކާ ދެކޮޅު ފިޔަވަޅުތަކަށް ތާއީދުކޮށްފައިވެއެވެ. އެމީހުންނަނީ ތަޢުލީމާއި، ގުޅި ލާމެހުމާއި، ޔޫރަޕިއަން ޔޫނިއަންއަށް އެއްބާރުލުމަށް ދޭ ސިޔާސަތެއްގެ ވެރި ބައެކެވެ.
ނެދަލެންޑްސް މިދަނީ ބަދަލުވަމުންނެވެ. މިސްކިތްތައް އާންމުކޮށް އެންމެނަށް ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވާލާ ދުވަސްތަކުން ފެށިގެން ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ އާންމުންނަށް އެހީތެރިވުމުގެ މަސައްކަތާ ހަމައަށް، މުސްލިމް މުޖުތަމަޢުތައް ދަނީ ނެދަރލެންޑްގެ މުޖުތަމައުގައި އިތުރަށް ފެންނަމުންނެވެ. ދީނީ ތަންތަނުގައި އެކަންޏެއް ނޫނެވެ. ފަންނާއި އެކަޑަމީއާއި، ހަރަކާތްތެރިކަމުގެ ތެރެއިންވެސް މެއެވެ.
އިސްލާމް ދީނާ ބެހޭގޮތުން ހަރުކަށި ވާހަކަތައް ދައްކާ ފާރ-ރައިޓް ޕާޓީތައް ކަމަށްވާ ޕީވީވީ ފަދަ ފިކުރުތައް އިތުރުވުމުގެ ސަބަބުން ގިނަ ބަޔަކު ސިޔާސީ ގޮތުން ނުރައްކާވެފައިވާ ކަމުގެ އިޙްސާސް ކުރެއެވެ.
އިންތިޚާބުގައ ގިނަ ގޮނޑި ކާމިޔާބު ކުރި 38 އަހަރުގެ ރޮބް ޖެޓެން އަކީ ނެދަރލެންޑްސްގެ ތާރީޚުގައި އެންމެ ޒުވާން ބޮޑުވަޒީރަކަށް ވެވަޑައިގަތުމަށް ތައްޔާރު ވެފައިވާފަރާތެވެ. އޭނާގެ މޫސުމާ ބެހޭ ސިޔާސަތާއި، ހަމަހަމަކަމާއި، އިޖުތިމާޢީ އެއްބައިވަންތަކަމާ ބެހޭގޮތުން ހުރި ތާޒާ ވިސްނުމަކީ ވޯޓުލާ ޒުވާނުންނާއި މުހާޖިރު ނަސްލުތަކުގެ ގިނަ ބަޔަކަށް ކަމުދާ ސިޔާސަތެކެވެ. ނަމަވެސް، ކުރިމަގު އޮތީ ކޮއެލިޝަން ހަދާ ފަރާތްތަކާއި ޕާޓީތަކުގެ މައްޗަށެވެ.




