މުމްބާއީ: އެންރިކޭ އިގްލޭސިއަސްގެ ކޮންސެޓުގައި 3 މިލިއަން ރުޕީސްގެ މޯބައިލް ފޯނު ވަގަށް ނަގައިފި

އެންރިކޭ އިގްލޭސިއަސް މުމްބާއީގައި ފުރަތަމަ ފަހަރަށް ބޭއްވި ކޮންސާޓުގެ ތެރެއިން، ގިނަ ބަޔަކަށް މިއުޒިކާއި އެކު ހަނދާނުން ނުފޮހެވޭވަރުގެ ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހިއްޖެއެވެ. ބާންދްރާ ކުރުލާ ކޮމްޕްލެކްސް (ބީކޭސީ) ގެ އެމްއެމްއާރުޑީއޭ ގްރައުންޑްސްގައި ބޭއްވި މި ކޮންސާޓުގެ ތެރޭގައި 80 އަށް ވުރެ ގިނަ މޯބައިލް ފޯނު ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި ފޯނުތަކުގެ ޖުމްލަ އަގު 2.4 މިލިއަން އިންޑިއަން ރުޕީސްއަށް އަރައެވެ.

މުމްބާއީ ފުލުހުން ބުނި ގޮތުގައި، މި ވައްކަން ކޮށްފައި ވަނީ ކޮންސާޓަށް އެއްވެފައި ތިބި ގިނަ ބަޔަކާއެކު އަނދިރިކޮށް އޮތް ހިސާބެއްގައެވެ. މިއީ ފޯނު ވަގަށް ނަގާ މީހުންނަށް ފަސޭހައިން ވައްކަން ކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ފުލުހުން ބުނެއެވެ. ދެ ދުވަހުގެ މިއުޒިކަލް އިވެންޓެއްގެ ބައެއްގެ ގޮތުގައި ބޭއްވި މި ކޮންސާޓަށް ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި އެކު ޖުމްލަ 25،000 އެއްހާ މީހުން އެއްވިއެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ ސްޓޭޝަނުގައި މިހާތަނަށް 7 މައްސަލައެއް ވަނީ ރަޖިސްޓްރީކޮށްފައެވެ. ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށްޓަކައި ފުލުހުން މިހާރު ދަނީ ސީސީޓީވީ ފުޓޭޖްތައް ބަލަމުން ނެވެ. އަދި ޓެލެކޮމް ސާވިސް ޕްރޮވައިޑަރުންނާ ގުޅިގެން ގެއްލުނު ފޯނުތައް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ހިއްސާ ކުރައްވާ!