އިންޑިއާއަށް ބޭރުގެ އިންވެސްޓްމެންޓްތައް ލިބެނީ ފިންޓެކްއާ ހެދި

އިންޑިއާގެ މާލީ ދާއިރާއަށް ދުނިޔޭގެ ވިޔަފާރީގެ ގޮންޖެހުންތަކާއި އެތެރޭގެ އިޖުތިމާޢީ އިޤްތިޞާދީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، ބޭރުގެ ސީދާ އިންވެސްޓްމަންޓް (އެފްޑީއައި) ލިބޭ މިންވަރު އިތުރުވަމުން ދެއެވެ. ސިޓީގްރޫޕް، ބާކްލޭސް، އަދި ޖަޕާނުގެ އެމްޔޫއެފްޖީ ފަދަ ބޮޑެތި ގްލޯބަލް ބޭންކުތަކުން ދަނީ އިންޑިއާގެ ފިންޓެކް އިންޤިލާބަށް އިތުރަށް އިންވެސްޓްތަކެއް ކުރަމުންނެވެ. އިންޑިއާއަކީ އާބާދީ ބޮޑު، ޑޭޓާގެ މުއްސަނދި އާބާދީއެއް ކަމަށް ބަލައިގެން އަދި ޑިޖިޓަލް ސިޔާސަތުތަކާހެދި މާލީ ދާއިރާއަށް ލިބިފައިވާ ތަނަވަސްކަމާއެކު އިންވެސްޓަރުން އިންޑިއާގައި އިންވެސް ކުރުމަށް ގަޔާވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އިންޑިއާގެ މުހިންމު އެކްސްޕޯޓްތަކަށް 50 އިންސައްތައާ ހަމައަށް ޓެރިފްތައް ނަގަން ކަނޑައެޅި ނަމަވެސް އިންޑިއާގެ ޖީޑީޕީ ކުރިއެރުމުން އުނިވެފައި ވަނީ އެންމެ 0.8 ޕަސެންޓް ޕޮއިންޓެވެ. އަދި އެތެރޭގެ މާލީ ދާއިރާ ވަނީ އެކަމަށް ކެތްކޮށްފައެވެ. މިކާމިޔާބީއަކީ އިންޑިއާގެ އިޤްތިޞާދު، ނަޤުދު ފައިސާއަށް ބަރޯސާވެފައިވާ ނިޒާމަކުން ރަސްމީ ޑިޖިޓަލް ނިޒާމަކަށް ބަދަލުވުމެވެ. މީގެ ސަބަބުން އިންޑިއާގެ 1.4 ބިލިއަން ރައްޔިތުންގެ އިޤްތިޞާދީ ބާރުވެރިކަން ސާބިތުކޮށްދެވިއްޖެއެވެ.

އިންޑިއާގެ އާބާދީގައި 89 އިންސައްތަ މީހުންނަކީ މިހާރު ބޭންކު އެކައުންޓް ގެންގުޅޭ މީހުންނެވެ. އަދި، ގާތްގަނޑަކަށް 25 މީހުންނަކީ ބޭނުން ނުކުރާ އެކައުންޓް ގެންގުޅޭ މީހުންނެވެ. އެއީ ފަޤީރުކަމާއި ތަޢުލީމީ ފެންވަރު ދަށްވުމައި، އަދި ރަށްފުށާއި ސިޓީގެ ތަފާތުތަކުގެ ސަބަބުން ދިމާވެފައިވާ ހީނަރުކަމެކެވެ. ނަމަވެސް މި އެކައުންޓްތައް ބޭނުން ނުކުރެވުމަކީ އިންވެސްޓަރުން ފަސްޖެހޭ ކަމަކަށް ނުވެއެވެ.

ޕޭޓީއެމް އާއި ފޯންޕޭ ފަދަ ފިންޓެކް ގެ ދާއިރާގެ ބޮޑެތި ކުންފުނިތަކުން ދަނީ ދަށުން އާމްދަނީ ލިބޭ މީހުންނަށް ޚާއްޞަކޮށްފައިވާ މައިކްރޯލޯނު، އިންޝުއަރެންސް، އަދި ސޭވިންގްސްގެ ޕްރޮޑަކްޓްތައް ހުށަހަޅަމުންނެވެ.

ޒާވް ބޭންކް އޮފް އިންޑިއާ އިން ބަލަހައްޓާ އާންމުން ބެންކލު އެކައުންޓު ގެންގުޅޭ އަދި ޞޭނުންކުރާ މިވަރު ގިންތި ކުރާ މިންގަނޑު މިހާރު ވަނީ 67 އަށް އަރާފައެވެ. މިއީ ޚިދުމަތްތައް ލިބޭ މިންވަރާއި، ބޭނުންކުރާ މިންވަރާއި، ފެންވަރު ރަނގަޅުވެފައިވާކަން ދައްކުވައިދޭ މިންގަނޑެކެވެ. ކޮންމެ ޑިޖިޓަލް މުޢާމަލާތަކުން ވެސް އާދަޔާ ޚިލާފަށް މީހުންގެ މާލީ މުއާމަލާތާއި ފެންވަރު ދައްކައިދޭ ޑޭޓާގެ މުއްސަނދިކަމެއް ސާބިތުކޮށް ދެއެވެ. މިއީ ކްރެޑިޓް ސްކޯރިންގް އަށް އިތުރަށް އެހީތެރިވެދޭ ކަމެކެެވެ.

އިންޑިއާގެ މި ކާމިޔާބީއަކީ ހަމައެކަނި އިޤްތިޞާދީ ކާމިޔާބީއެއް ނޫނެވެ. އެއީ ސްޓްރެޓެޖިކް ކާމިޔާބީ އެއް ކަމަށ ްބުނެއެވެ. އަދި އިންޑިއާގައި ފައިސާ ބޭނުން ކުރުމާ ޚިލާފަށް ޑިޖިޓަލް މުއާމަލާތްތައް އިތުރު ވުމުން 2024–25 ވަނަ އަހަރު އެޤައުމަށް 50 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ބޭރުގެ އިންވެސްތްމެންޓް ލިބިފައިވެއެވެ. އިންޑިއާގެ މާލީ މަރުކަޒު ކަމަށްވާ ޖީއައިއެފްޓީ ސިޓީއިން އެކަނި ވެސް މިދިޔަ އަހަރު 20 ބިލިއަން ޑޮލަރުގެ ބޭރުގެ އިންވެސްޓްމަންޓް ލިބިފައިވެއެވެ.

ހިއްސާ ކުރައްވާ!