އިންޑިއާގެ އަމިއްލަ ކުންފުނިން ރޮކެޓް ލޯންޗުކުރުމަށް ތައްޔާރުވަނީ

އިންޑިއާގެ ޖައްވީ ދާއިރާއަށް އަންނަ ތާރީޚީ ބަދަލެއްގައި ސްޕޭސް ސްޓާޓަޕް ކަމަށްވާ ސްކައިރޫޓް އެއަރޯސްޕޭސް އިން ވަނީ އިންޑިއާގެ ފުރަތަމަ އަމިއްލަ ކޮމާޝަލް ރޮކެޓްލޯޗު ކުރުމަށް ތައްޔާރު ވެފައެވެ. ސްކައިރޫޓަކީ އަމިއްލަ ކުންފުންޏެކެވެ،. އަދި މިއީ އިންޑިއާގެ ޖައްވީ ދާއިޜާގެ އަމިއްލަ ކުންފުނިތަކުގެ ތެރޭން އެންމެ ގިނަިއން އިންވެސްޓްމެންތް ހޯދާފައިޥާ ކުންފުންޏެވެ.

ސްކައިރޫޓްގެ ފުރަތަމަ ރޮކެޓް 3 މަސް ތެރޭގައި އުދުއްސާލުމަށް ދުވަސްތައް ގުނަން ފަށާނެއެވެ. މިހާތަނަށް މިފަދަ ކަންކަން އިންޑިއާގައި ހިންގަމުން ދިޔައީ ހަމައެކަނި ސަރުކާރު ހިންގާ އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އިސްރޯ) އިންނެވެ. މިއީ އިންޑިއާގެ ސްޕޭސް ދާއިރާއަށް އަންނަ މުހިންމު ބަދަލެކެވެ.

އިސްރޯގެ ކުރީގެ ދެ ސައިންޓިސްޓުން އުފެއްދި ސްކައިރޫޓް ކުނފުނިން ވަނީ އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ބޮޑެތި ޕްލޭންތަކެއް ހުށަހަޅާފައެވެ. އެގޮތުން 2026 ވަނަ އަހަރަށް ރާވާފައި ވަނީ ކޮންމެ ތިން މަހަކުން ރޮކެޓެއް ލޯންޗު ކުރާށެވެ. އަދި 2027 ވަނަ އަހަރުގައި ކޮންމެ މަހަކު ރޮކެޓެއް ލޯންޗު ކުރުމަށް އަމާޒު ހިފާފައިވެއެވެ.

އެކުންފުނީގެ ސީއީއޯ ޕަވަން ޗަންދަނާ ވިދާޅުވި ގޮތުގައި، މއިން ކޮންމެ މިޝަނަކުން ގާތްގަނޑަކަށް 5 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭނެ އެވެ.

ސްކައިޜޫޓުގެ ފުރަތަމަ ރޮކެޓް ލޯންޗަކީ، އިންޑިއާގެ ސްޕޭސް ސެކްޓަރަށް އަލަށް 2020 ވަނަ އަހަރު ޕްރައިވެޓް ކުންފުނިތަކުން ވަނުމަށް ހުޅުވާލި ފަހުން ކުރިއަށް ގެންދާ މަސައްކަތެކެވެ. މިކަމުން ދައްކުވައިދެނީ އޯބިޓަލް ޓެކްނޮލޮޖީގެ ދާއިރާގައި އައު އީޖާދީ އަދި ވިޔަފާރި އުސޫލުން މަސައްކަތް ކުރުމުގެ ވައްޓަފާޅިއެއް ފެށިގެން އަންނަތަނެވެ. ސްކައިރޫޓްގެ މި މަސައްކަތުން އިންޑިއާގެ ސްޕޭސް އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހިއްސާ ކުރައްވާ!