ޖެނޮސައިޑް ހިންގި ޔަހޫދީން އަނިޔާކޮށްފައި މީހުން ޝަހީދުކޮށްލި ކަމުގެ ސާބިތު ހެކިލިބިއްޖެ

ޣައްޒާ ސިޓީގެ ފޮރެންސިކް އެވިޑަންސްގެ ތަރުޖަމާނު ވިދާޅުވީ، ޔަހޫދީން ފަލަސްޠީނު މީހުންނަށް އަނިޔާ ކުރުމަށްފަހު މަރާލާފައިވާކަމުގެ ސާބިތުވާ ހެކި ފެންނާން ހުރި ކަމަށެވެ. ޔަހޫދީން ފަލަސްޠީނު މީހުން ވަގަށް ނެގުމަށްފަހު އެމީހުން ގެންގުޅުނީ އަނިޔާކުރާށެވެ. އެއަށްފަހު އެމީހުން ޝައީދު ކުރުމަށްފަހު ވަޅުލައިގެން ގެންގުޅުނީއެވެ. ޣައްޒާގެ ހޮސްޕިޓަލްތަކަށް ގެނަސްފައިވާ ޝަހީދުންގެ ގިނަ މީހުން ޝަހީދުކޮށްފައި ވަނީ ކަނު ބަނދެފައެވެ. ބައެއް މީހުންގެ ލޯވެސް ކޮނެފައި ވެއެވެ. ބެލެވެނީ، ކަޅި ވަގަށް ނަގާފައި ވަނީ ކަމަށެވެ. އަދި އެމީހުންގެ އަތްފައި ބަނދެފައިވާ ކަމަށްވެސް ދައްކައެވެ. މިއީ އިސްރާއީލުން ހައްޔަރުކުރާ ފަރާތްތަކަށް ކުރާ އަނިޔާތަކުގެ ބިރުވެރިކަން ދައްކުވައިދޭ ކަމުގެ ހެއްކެއް ކަމަށް ހަސްފަތާލުގެ ފަރާތްތަކުން ބުނެއެވެ.

ޣައްޒާ ސިޓީގެ ފޮރެންސިކް އެވިޑަންސްގެ ތަރުޖަމާނު ވަނީ ޔަހޫދީން ވަގަށް ނަގައިގެން ގެންގުޅުނު ގިނަ އަދަދެއްގެ މީހުން މަރާލުމުގެ ކުރިން އަނިޔާކޮށްފައިވާ ކަމުގެ ހެކިތައް ކަމާބެހޭ ފަރާތްތަކަށް ލިބިފައިވާކަން ކަށަވަރުކޮށް ދެއްވާފައެވެ. އަދި މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި ޖެނީވާ ކޮންވެންޝަންތަކާ ޚިލާފު ބޮޑެތި ޖަރީމާތަކެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔަހޫދީންނަކީ ޣައްޒާގައި ބިރަކާ ނުލައި ޖެނޮސައިޑް ހިންގި ބައެކެވެ. އެކަމަށް ހިތްވަރުދީ ފައިސާއާއި ހަތިޔާރު ދީފައި ވަނީ އެމެރިކާއިންނެވެ. އެމެރިކާގެ ރައީސް ވަނީ ޔަހޫދީންގެ ޕާލަމެންޓްގައި އެކަމަށް އެއްބަސްވެ ފޮނިކަނޑާފައެވެ. މިއޮތީ އެވާހަކައިގެ ހެއްކެވެ!

ޣައްޒާ ސިޓީގެ ފޮރެންސިކް އެވިޑަންސްގެ ތަރުޖަމާނު ވަނީ މި ޖަރީމާތައް ލިޔެކިޔުންތަކުން ސާބިތުކޮށްދީފައެވެ. އަދި، އިސްރާއީލުގެ އަނިޔާވެރިކަމަށް ޔަހޫދީ ގައުމުގެ ސަރުކާރާއި ސިފައިން ޖަވާބުދާރީ ކުރުވުމަށްޓަކައި، ހުރިހާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އަވަހަށް ޣައްޒާއަށް ވަނުމަށް ގޮވާލައްވާފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހަމަހިމޭންކަމަކީ މިފަދަ އަމަލުތައް ކުރިއަށް ގެންދިއުމަށް ޖެނޮސައިޑް ފޯސްއަށް މަގުފަހި ކޮށްދޭ ކަމެއް ކަމުގައި ވެސް އޭނާ ވަނީވިދާޅުވެފައެވެ.

 

ހިއްސާ ކުރައްވާ!