އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓުގައި ބްރަޒިލްގެ މޮޑެލްއެއްގެ ފޮޓޯ

ބްރެޒިލްގެ އަންހެން މޮޑެލެއްގެ ފޮޓޯތައް އިންޑިއާގެ ވޯޓުލާ މީހުންގެ ދަފްތަރުގައި އެތައް ފަހަރަކަށް ހިމެނި، ވޯޓުލާ މީހުންގެ ލިސްޓު ތަޣައްޔަރުކޮށްފައިޥާ ކަމަށް ކޮންގްރެސްގެ ލީޑަރު ރާހޫލް ގާނދީ ވިދާޅުވެއެވެ. އޭނާ ވަނީ ހަރިޔާނާ ސްޓޭޓްގެ ވޯޓް އޭނާގެ ޕާޓީއަށް ކާމިޔާބު ވާނެ ކަމަށް ބެލެވިފައި ވަނިކޮށް ކުއްލިއަކަށް ނަތީޖާ ބަދަލުވީ ކަމަށާއި އެކަން ދިމާވީ ވޯޓުލާ މީހުންގެ ލިސްޓު ގަޑު ބަޑުވުމުން ކަމަށް ވިދާޅުވެއެވެ. އެކަމަށް ހެއްކެއްގެ ގޮތުން އޭނާ ވަނީ ބްރަޒިލްގެ މޮޑެލް އެއްގެ ފޮޓޯ ތަކުރާރުވެފައި ތަން ސާބިތުކޮށްދީފައެވެ.

އިންޑިއާ ޓުޑޭ އިން ވަނި ހަރިޔާނާއަށް ގޮސް އެކަން ހިނގާފައިވާ ގޮތް ބަލާފައެވެ. އިންޑިއާ ޓުޑޭ ބުނަނީ ވޯޓުލާ މީހުންގެ ދަފްތަރުގައިވާ ނަންތަކާއި އާބާދީގެ ތަފްސީލު ރަނގަޅު ކަމަށެވެ. ނަމަވެސް، ދައުރުވާ ފޮޓޯއަކީ ބްރެޒިލްގެ އަންހެނެއްގެ ފޮޓޯއެއް ކަމަށާއި، އެ ފޮޓޯއަކީ ފަރުވާ ކުޑަކަމުން އިންތިޚާބީ ޑޭޓާބޭސްއށް ވަދެފައިވާ ފޮޓޯއެއް ކަމަށް ފެންނަ އެވެ.

"މިއީ ސީރިއަސް މައްސަލައެއް. މިފަދަ ޅައެއްޗެއް އެޅިފައިވަނީ ކިހިނެއްތޯ އަދި ޑޭޓާ ގެންގުޅުމުގައި ނިޒާމީ މައްސަލަތަކެއް ހުރިކަން މިއިން ސާބިތުކޮށްދޭތޯ އަޅުގަނޑުމެން މިދަނީ ތަހުގީގު ކުރަމުން،" އިލެކްޝަން އޮފިޝަލަކު ވިދާޅުވި އެވެ. މުޅި ހަރިޔާނާ ސްޓޭޓްގައި ވޯޓާސް ލިސްޓް އެކުލަވާލުމުގައި ބޭނުންކުރާ ސޮފްޓްވެއާ އާއި ޕްރޮސެސްތައް އަލުން މުރާޖައާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އަންގައިފި އެވެ.

ގާތްގަނޑަކަށް ބިލިއަން ރައްޔިތުން ހިމެނޭ އިންޑިއާގެ އިންތިޚާބީ ލިސްޓުގައި ގިނަ ދުވަސްތަކެއް ވަންދެން ޑުޕްލިކޭޓްކޮށް މީހުންގެ ނަންތައް ތަކުރާރުވާ ކަމަށާއި ރެކޯޑްތަކާއި އެއްގޮތް ނުވާ މައުލޫމާތު ހުންނަކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ހަރިޔާނާގެ ލިސްޓްގެ މައްސަލައިގައި ފާހަގަ ކޮށްފައިވަނީ ވޯޓުލާމީހުން ދެނެގަތުމަށް ޓެކްނޮލޮޖީއަށް އިތުރަށް ބަރޯސާވެފައިވާ ނިޒާމެއްގައި ޑިޖިޓަލް މައްސަލަތަކުގެ ނުރައްކާތަކެވެ.

މަދަނީ ޖަމިއްޔާތަކުން ވަނީ ތަހުގީގުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ގޯސްތަކުން ޑިމޮކްރެޓިކް މުއައްސަސާތަކަށް އާންމުންގެ އިތުބާރު ގެއްލިދާނެ ކަމުގެ އިންޒާރު އެފަރާތްތަކުން ދީފައި ވެއެވެ. "ވޯޓުލާ މީހުންނަށް އެހެން މީހުންގެ ފޮޓޯތައް ވޯޓުލާ ދަފްތަރުން ފެނުމުން، އެ ޕްރޮސެސްގެ އިންޓެގްރިޓީއާ މެދު ޝައްކު އުފެދެނީ،" އިންތިޚާބު ގެ ކަންކަން މޮނީޓާ ކުރާ މަންދޫބަކު ވިދާޅުވި އެވެ.

އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި އެފަދަ ގޯސްތަކުގެ ​​ސަބަބުން ވޯޓުލާ މީހާގެ ހައްގުތަކަށް އަސަރެއް ނުކުރެއެވެ. އަދި އެފަދަ ކަންކަން ފާހަގަ ވެގެން ވޯޓުލުމުގެ ކުރިން އެކަން އިސްލާހު ކުރެއެވެ. ނަމަވެސް މި މައްސަލައިގެ ސަބަބުން ކްރޮސް ވެރިފިކޭޝަން ޕްރޮޓޮކޯލްތަކާއި އިންތިޚާބީ ޑޭޓާބޭސްތަކުގެ މިނިވަން އޮޑިޓްތައް ހިންގުމުގެ މުހިންމުކަމާ މެދު މިހާރު ބަހުސް ވަނީ އުފެދިފައެވެ.

ނޯޓް: ދިވެހިންގެ ޑިމޮކްރެސީއަށް ދިވެހިން އުފާ ކުރުން ހައްގެވެ!

ވޯޓްލާ މީހުންގެ ދަފްތަރު ތައްޔާރު ކުރުމަށްފަހު ދަފްތަރު މުރާޖައާ ކުރުމަށް ރާއްޖޭގައި ހުޅުވާލެވެއެވެ.

އަދި ޕާޓީތަކުން ސައްހަކޮށްފައި ދަފްތަރުގައި ސޮއި ކުރެއެވެ.

އެ ދަފްތަރަކީ ވޯޓްލާން ބޭނުން ކުޜާ ސައްހަ ދަފްތަރުކަމުން އެންމެނަށްވެސް އޭގައި އޮޅުވާލުމެއް ނޯންނާނެ ކަން ޔަގީން ކުރެވެއެވެ.

ދިވެހިން އެހެން މީހުންނާ ޚިލާފަށް ލައްކަ ކަންކަން ރަނގަޅަށް ކުރާކަން ދިވެހިން ދަންނަން ޖެހެއެވެ. އަދި އެކަމަށް ފަޚުރުވެރިވާން ޖެހެއެވެ!

ހިއްސާ ކުރައްވާ!